މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އިންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2/ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/3,500 ރުފިޔާ

މުސާރައިގެ %35

ނުރަސްމީގަޑިގައި ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާއި ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގއާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  4. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާއި ގުޅުންހުރި އެހެން ދާއިރާ އަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރަށްރަށުގައި ޤާއިމްކުރެވޭ ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށްޓަކައި ބޭނުންވާ ސާރވޭކުރުމަށް ފަހު
  2. ކޮންޓްރެކްޓަރުން ހުށަހަޅުއްވާ ރިޕޯޓް ދިރާސާކޮށް އެފަރާތްތަކަށް ބޭނުންވާ ފަންނީ އިންޖިނިއަރގެ އިރުޝާދުގެ މަތިން   
  3. ކޮންސަލްޓަންޓުންނަށް ދުވަހުން ދުވަހަށް ދިނުން.
  4. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ހޯދުމަށްޓަކައި  ޕްރޮޕޯސަލްއާއި
  5. އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
  6. ފެނާއި ސް ބަލާ ރިވިއު ކުރުން. އަދި މިއާއި ބެހޭ ގޮތުން ތައްޔާރު ކުރަންޖެހޭ ލިޔުންތަކާއި ރިޕޯޓްތައް އިންޖިނިއަރގެ 
  7. ލަފާގެ މަތިން ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  8. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި ހަވާލު ކުރުމަށްޓަކައި ތައްޔާރު ކުރަންޖެހޭ އެގްރީމެންޓާއި އެއާއި ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ސޮއި ކުރުމުގެ ކުރިން ހުއްދަ ހޯދާންޖެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.
  9. ރަށްރަށުގައި ނަރުދަމާ ނިޒާމުތައް ޤާއިމުކޮށް ތަރައްޤީ ކުރުމުގައި ޓެކްނޮލަޖީގެ ގޮތުން ކުރިއެރުވުމުގެ އުސޫލުތަކަށް ތަރުޙީބުދީ އެކަމާ ގުޅޭ ހޯދުންތައް ހޯދައި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އޭގެ ބޭނުން ހިފޭނެ ފަދަ އުސޫލުތަކަކާއި ގަވާއިދުތައް އެކުލަވާލުމުގައި ބޭނުންވާ ފަންނީ ލަފާދިނުން.
  10. ރަށްރަށުގައި ޤާއިމް ކުރުވޭ ފެނާއި ނަރުދަމާ ނިޒާމުތަކާއި ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ޕްރޮޕޯސަލްއާއި ޑިޒައިންގ ރިޕޯޓްތައް އިވެލުވޭޓްކޮށް ބޭނުންވާ ފަންނީ ލަފާ ދިނުން. އަދި ތައްޔާރު ކުރެވޭ ރިޕޯޓްތައް ގަވާއިދުން ކަމާ ބެހޭ ފަރާތްތައް ފޮނުވުން.
  11. ރަށްރަށުގައި ޤާއިމް ކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމުތަކާއި އަދި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭ ރަށްތަކަށް ކަނޑައެޅޭ ތާވަލަކާއި އެއްގޮތްވާ ގޮތުގެ މަތިން ސްޕަވިޝަން އަދި މޮނިޓަރިންގ ދަތުރުތައް ކުރުން. އަދި ކުރެވޭ ދަތުރުތަކާ ގުޅިގެން ސިސްޓަމްތަކުގެ ހާލަތު އަންގައިދޭ ރިޕޯޓް ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން.
  12. ފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމްކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޔުޓިލިޓީ ކުންފުންޏާއި ޙަވާލުކުރެވުމުން ސިސްޓަމްތައް މޮނިޓަރކޮށް ބެލެހެއްޓުން. އަދި ސިސްޓަމްތަކާ ގުޅޭ ގޮތުން އެކުލަވައިލަންޖެހޭ ރިޕޯޓްތައް އިންޖިނިއަރގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  13. ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  14. ޕްރޮޖެކްޓާއި ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ދަތުރު ރިޕޯޓް ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން.
  15. އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯރޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ކުރުމަށް ހަވާލުވެފައިވާ މުވައްޒަފާ ކަނޑައެޅިފައިވާ ދުވަހަށް ހަވާލު ކުރުން. އަދި ބަޖެޓާއި އަހަރީ ރިޕޯރޓް ފައިނަލް ކުރުމުގައި ބޭނުންވާ ލަފައާއި އިރުޝާދު މަސައްކަތް ކުރައްވާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
  16. ކަނޑައެޅިފައިވާ ގޮތުގެ މަތިން ޔުނިޓްގެ ސްޓާފް މީޓިންގ ބާއްވާ ކޮންމެ އަހަރަކަށް ސެންކްޓަރ އިން ތައްޔާރު ކުރެވޭ ވާރކްޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ޔުނިޓްގެ އިސްވެރިޔާގެ އިރުޝާދުގެ މަތިން ގަވާއިދުން މޮނިޓަރކޮށް މަހަކު އެއް ފަހަރު ބާއްވާ ޔުނިޓްގެ އިސްވެރިޔާއަށް ރިޕޯޓް ހުށަހެޅުން. އަދި އިސްލާހު ކުރަންޖެހޭ ކަމެއް އޮތްނަމަ އިސްވެރިޔާގެ ލަފާގެ މަތިން އިޞްލާޙީ ފިޔަވަޅު އެޅުން.
  17. މީގެއިތުރުން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގއާ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
  2. އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ލިބިފައިވާ ތަޖުރިބާ.
  3. ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  4. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގއާއި ގުޅުން ހުރި ދާއިރާއަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  5. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ  (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި:   15 ޑިސެންބަރު  2014 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން  16 ޑިސެންބަރު  2014 އާއި 31 ޖަނަވަރީ 2015 އާއި ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
02 ޑިސެންބަރު 2014
ހޯދާ