ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާފު ބޯފެނުގެ ޚިދުމަތަށް އެދި ރެޖިސްޓްރީ ވުމާއި ގުޅޭ

                ސާފު ބޯފެން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ފަރާތުން މިރަށުގައި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން  ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް ހަމަޖެހިފައިވާއިރު ، ޚިދުމަތަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނެއެވެ. އިސްވެ ދެންވުނު ޚިދުމަތަށް އެދި ހުށަހަޅާ ފޯމު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނޭ ވާހަކަ ދަންނަވަމެވެ. ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  1.  ދިރިއުޅުމަށް ޢިމާރާތްކުރެވިފައިވާ ގެދޮރު، ވިޔަފާރި، ކެފޭ / ރެސްޓޯރެންޓް ފަދަ ޢިމާރާތެއް / މަސައްކަތު ސައިޓެއްނަމަ، ރަޖިސްޓްރީގެ ކޮޕީ
  2. ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ
  3. އިމާރާތް / ގޯއްޗަށް ކަނެކްޝަން ގުޅުމަށް ބޭނުންވާ ގޮތުގެ ޗާރޓް

ފެނުގެ ކަނެކްޝަނަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 31 ޖެނުއަރީގެ ނިޔަލަށް ހުޅުވައިލައިފީމެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަދު ނޫން ކޮންމެ ދުވަހަކު 08:30 އިން 13:30އަށް، ކައުންސިލް އިދާރާއިންނެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

16 ޖަނަވަރީ 2023
ހޯދާ