ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މަގާމަށް މީހަކުހޯދުމަށް

 

 

                                                    

  ނަންބަރު: GS55/IUL/2023/02

ވަޒީފާގެ ފުރުޞަތު

އިޢުލާނު

 

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-371094

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކިނބިދޫ ސްކޫލް، ތ.ކިނބިދޫ

މުސާރަ:

 6295/-ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯރ އެލަވަންސް  މަހަކު -/900 ރުފިޔާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވަސް: މުވައްޒަފަށް ލިބޭމުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިސްވެރިޔާ / އެޑްމިން އިންޗާޖު އެކަށައަޅާ ތާވަލެއްގެ މަތީން އޮފީސް ހުޅުވާ ލެއްޕުމާއި އޮފީސް ހުޅުވާ ލައްޕާފޮތް އަޕްޑޭޓްކުރުން
  2. ސްކޫލަށް ބޭނުންވާ މަޤާމްތައް ސީ.އެސް ވިއުގަ މެދުވެރިކޮށް އުފެއްދުން
  3. ވަޒީފާގެ މައްސަލަތަކާ ބެހޭ ގޮތުން އަންނަ ލިޔެކިޔުންތަކަށާއި އެންގުންތަކަށް ޖަވާބުދާރީ ވުމާއި، އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  4. ބިދޭސީ ޓީޗަރުންގެ ރެކްރޫޓްމެންޓާއި ވިސާއާއި ގުޅޭ އެންމެހާ މަސައްކަތްކުރުން
  5. ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
  6. މުވައްޒަފުންގެ ވަޒީފާ ބަޔާން، ކޮންޓްރެކްޓު ޤަވާއިދުން ތައްޔާރުކޮށް ސޮއިކުރުވާ ފައިލްކޮށް، މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓުކޮށް ބެލެހެއްޓުން
  7. ކޮންމެ ދިރާސީ އަހަރެއްގެ ފުރަތަމަ މަހުގެ ތެރޭގައި މުވައްޒަފުންގެ ޗުއްޓީ ސެޑިއުލް ތައްޔާރުކޮށް އިސްވެރިޔާއަށް ހުށަހަޅުމާއި ސްޑިއުލް ކޮށްފައިވާ ގޮތަށް ޗުއްޓީ ޗިޓްތައްޔާރުކޮށް އެމުވައްޒަފުންނަށް ހަވާލުކޮށް ކޮޕީއެއް ޕާސަނަލް ފައިލްގައި ރައްކާކުރުން.
  8. ޗުއްޓީއަށް އެދޭ މުވައްޒިފުންގެ ޗުއްޓީ ޗިޓް އިސްވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ޙަވާލުކުރުން. އަދި އެކަން ޔައުމިއްޔާ ލިޔުއްވާ މުވައްޒަފަށް މަޢްމަޢުލޫމާތަށްޓަކައި އެންގުން.
  9. އަހަރީ ޗުއްޓީގައި 30 ދުވަހަށް ވުރެ ގިނަ ދުވަސްވާ އިދާރީ މުވައްޒިފުންގެ މަޢްލޫމާތު އިސްވެރިޔާއަށާއި އިދާރީކަންތައް ބެލެހެއްޓުމާ ޙަވާލުވެހުރި ވެރިޔާއަށް ހުށަހެޅުން.
  10. މުވައްޒަފުންގެ ހާޒިރީ ރިޕޯރޓް ކޮންމެ މަހެއްގެ 10 ގެ ކުރިން ތައްޔާރުކޮށް މުވައްޒަފުން ލައްވައި ސޮއިކުރުވާ އެޑްމިން އިންޗާރޖަށް ހުށަހެޅުން.
  11. ސްކޫލްގެ މަޤާމްތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޕްރިންސިޕަލު / އެޑްމިނިސްޓްރޭޓަރ އަންގަވާ ގޮތެއްގެ މަތިންކުރުން
  12. މުވައްޒަފުންގެ ހާޟިރީގެ ކަންކަން ބަލަހައްޓާ އަދި މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ރެކޯޑްގެ އެންމެހާ ކަންކަން ސިވިލް ސާރވިސްގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމާއި އެކަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  13. މުވައްޒަފުންގެ އެޕްރެއިޒަލާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ޤަވާޢިދުން ކުރުން
  14. އީމެއިލް އާއި އެހެނިހެން ގޮތްގޮތުން ސްކޫލަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް އެ ލިޔުމެއް ލާންޖެހޭ ފޯލްޑަރ ނުވަތަފައިލަށް ލައި ޖަވާބު ދާރީވާންޖެހޭ ލިޔުންތައް ވީހާ އަވަހަކަށް އިސްވެރިޔާއަށް ހުށަހަޅައި ޖަވާބުދާރީވުން. އަދި އެހެން ފަރާތެއް މެދުވެރިވެގެން ޖަވާބު ދޭން ޖެހޭ ތަކެއްޗައް ޖަވާބު ދެވުނުކަން ކަށަވަރުކުރުން.
  15. ސިޓީ، މެސެޖް ނުވަތަ ދެންނެވުންފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެތަކެތީގެ ހާޑް ކޮޕީ ފައިލްކޮށް، ސޮފްޓު ކޮޕީ ސޭވްކުރަން ޖެހޭ ފޯލްޑަރުގައި ސޭވްކުރުން.
  16. ސްކޫލްގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ކޮންމެ އަހަރެއްގެ ޖެނުއަރީ 15ގެ ކުރިން އިސްވެރިޔާއަށް ހުށަހަޅާ އެޕްރޫވްކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވައި ފައިލް ކުރުން
  17. މުއައްޒަފުންނަން އަންގަންޖެހޭ ރަސްމީ އެންގުންތައް އެންގުން އަންގާ ފޮތުގައި ލިޔެ އަންގައި ސޮއި ކުރުވުން
  18. ސްކޫލްގެ ޤަވާޢިދުގައިވާ ގޮތުގެ މަތީން ދަރިވަރުން ސްކޫލަށް ވެއްދުމާއި ސްކޫލުން ވަކިކުރުމާ އަދި ލީވިންގް ސެޓެފިކެޓް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން
  19. ދަރިވަރުންގެ މެއިން ރަޖިސްޓްރީ (ކުލާސްތައްވަކިން) އަޕްޑޭޓްކޮށް ބެލެހެއްޓުން
  20. އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އޯ.ލެވެލް ފޯކަލް ޕޮއިންޓް އަންގަވާ ގޮތެއްގެ މަތިންކުރުން
  21. ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ، ޓެކްސްޓް ފޮތް ދޫކުރުމާއި އަދި މިކަމާއި ގުޅިގެން ފުރިހަމަކޮށް ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން
  22. ކޮންމެ މަހެއްގެ މުސާރަ ޝީޓް ކަނޑައެޅިފައިވާ ދުވަހަށް (ކޮންމެ މަހެއްގެ 20 ގެކުރިން) ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނަޑައަޅާ ތަނަކަށް ފޮނުވައި މަސްނިމުމުގެ ކުރިން (މަހުގެ ފަހުދެދުވަހު) މުސާރަޔާ އެހެނިހެން ފައިސާގެ ވައުޗަރތައް ތައްޔާރުކޮށް މުވައްޒަފުންނަށް މުސާރަ ދިނުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް ނިންމައި މުސާރަ ސްލިޕްތައް މުއަޒަފުންނާހަވާލުކުރުން.
  23. މުވައްޒަފުންގެ ތެރެއިން ކްރެޑީޓް ސްކީމް ނުވަތަ އެހެނިހެން ސްކީމްތަކުގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިން އެފައިސާ ކަނޑައި ކަނޑައެޅިފައިވާ ޢުޞޫލުތަކާއި އެއްގޮތަށް ހިސާބުހަދައި އެކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  24. ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ހިސާބުތައް ނިންމައި، ތައްޔާރުކުރަންޖެހޭ ބަޖެޓާގުޅޭ އެންމެހާ ރިޕޯރޓްތައް ތައްޔާރުކުރުން
  25. ކޮންމެ މަހެއްގެވެސް ދައްކަވަންވާ ބިލްތަކަށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ދެއްކުނު ބިލްތަކާއި ފައިސާ ނުދެއްކިހުރި ބިލްތައް ފައިލްކޮށް ބެލެހެއްޓުން.
  26. ރަޝީދުން ބަލައިގަންނަ ފައިސާގެ ރަސީދުތައް ހަދައި އެފައިސާ ބަލައިގަތުމަށްފަހު ލަސްނުކޮށް ލިބޭފައިސާގެ ދުވަހު ފޮތަށް ރެކޯޑްކުރުން އަދި އެފައިސާ ތިޖޫރީގައި ބަހައްޓަވާނަމަ ތިޖޫރީ ރިޕޯރޓްގައި ރެކޯޑް ކުރުން. ނުވަތަ ބޭންކަށް ޖަމާކުރާނަމަ އެކައުންޓްސް ބާކީ ރިޕޯރޓްގައި ރެކޯޑްކޮށް އަބަދުވެސް މިދެންނެވި ރެކޯޑްސްތައް އަޕްޑޭޓްކޮށްފައި ބެހެއްޓުން.
  27. ޗެކަކުން ފައިސާޙަވާލުކުރާނަމަ ނުވަތަ ލިބިގަންނަނަމަ އެކަން ޗެކް ރަޖިސްޓްރީއަށް އަރުވައި ހުރިހާ ތަފްޞީލުތައް އެނގޭނޭހެން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  28. ސްކޫލުގެ އަހަރީ ބަޖެޓް އެކުލަވާލުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  29. ސްކޫލުގެ ފައިސާގެ އެންމެހާ ލިޔެކިޔުން އިދާރާއިން އަންގާ އުޞޫލަކުން ސަރުކާރުގެ މުދަލާއި ފައިސާ ގެންގުޅުމުގެ ޤާނޫނު ތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  30. ސްކޫލުގެ ޕީ.ޓީ.އޭ ފަންޑާއި ސްކޫލް ފަންޑްގެ ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުން.
  31. އިދާރީ އެހެން މުވައްޒަފުން ޙާޟިރުނުވާ ދުވަސް ދުވަހު އެމުވައްޒަފުންނާއި ހަވާލުކުރެވިފައިވާ، އިދާރީ ގޮތުން ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުން.
  32. ސްކޫލްގެ ދުވަހު ޔައުމިއްޔާ ލިޔެ އިސްވެރިޔާގެ ސޮއި ކުރުވައި ފައިލްކުރުން.
  33. ސްކޫލުގެ ސްޓޮކު ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  34. ސްކޫލުގެ އިންވެންޓްރީ (ހަރުމުދަލުގެ ރަޖިސްޓްރީ) ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  35. ސްކޫލުގައި ކުރަންހުންނަ އާންމު މަރާތާގުޅޭ އެންމެހާ މަސައްކަތްތައް އިސްވެރިޔާ / އެޑްމިނިސްޓްރޭޓަރު ހަމަޖައްސަވާ އިންތިޒާމެއްގެ މަތިން ކުރުން.
  36. ވެރިން ހަމަޖައްސަވާ ގޮތެއްގެމަތިން ސްކޫލުން ބޭރުފަރާތްތަކަށް ސްކޫލުގެ ތަކެތި ދޫކުރުމާ އެތަކެތި އަބުރާ ހޯދުމުގެ މަސައްކަތްތައް ކުރުން. އަދި މިކަމުގެ ރެކޯޑް ބެލެހެއްޓުން.
  37. ސްކޫލުން އިޢުލާންކޮށްގެން ކުރިޔަށްގެންދާ އަންދާސީ ހިސާބާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން
  38. ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެތިބޭ ފަރާތްތަކުގެ ކަންތައްތައް މޮނިޓަކޮށް ބެލެހެއްޓުން.
  39. އަހަރު ނިމުމުން ނީލަންކިޔަންޖެހޭ ތަކެތި ފާހަގަކޮށް ނީލަން ކިޔުމަށް ޢިޢުލާނުކޮށް އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުން ތައްޔާރުކޮށް ނީލަންކިޔުން.
  40. މާލެއިން ގެންނަންޖެހޭ ތަކެތި ސްކޫލަށް ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން.
  41. ސްކޫލުގެ ޢިމާރާތްތަކާ ގޯތިތެރޭގެ ތަރުތީބު އަދި ސާފުތާހިރުކަން ރަގަޅު އިންތިޒާމަކުން ބަލަހައްޓައި ސަޕޯޓް ސްޓާފުން މެދުވެރިކޮށް ކުރަމުން ގެންދިއުން. އަދި ތާވަލާއި އެއްގޮތައް ސަޕޯޓް ސްޓާފުން މަސައްކަތް ކުރަމުން ގެންދޭތޯ މޮނިޓަރކުރުން
  42. ކޮންމެ ދުވަހަކު މަދުވެގެން 3 ފަހަރު ސްކޫލުން ދީފައިވާ ޕާސަނަލް އީމެއިލް އަދި ސްކޫލުގެ ރަސްމީ ވައިބަރ ގްރޫޕްތައް ޗެކުކުރުން:
  43. ސްކޫލުން ދަންނަވާ ބައްދަލުވުންތަކާ ޙަރަކާތްތަކުގައި ބައިވެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

  1.  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

މަގާމުގެ ތަޢުލީމީ ރޮނގުތައް: 

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ހިއުމަން ރިސޯސް  
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަގާމުގެ ޕްރިފަރޑް ޑިސިޕްލިންތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަގާމުގެ ކޯ ޑިސިޕްލިންތައް:

  ނެތް

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • ހިއުމަން ރިސޯސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

 މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ ގެ 12:00 ގެ ކުރިން، ކިނބިދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި  އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 30 ޖަނަވަރީ 2023  އާއި  09 ފެބުރުވަރީ 2023  އާ ދެމެދު، ކިނބިދޫ ސްކޫލު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780095 އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

 

             

 

                                                     

 

16 ޖަނަވަރީ 2023
ހޯދާ