މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށި ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރުގެ މުއްދަތަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

އިޢުލާނު

 

އޭދަފުށި ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރުގެ މުއްދަތަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

 

    މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާ ލިބޭ މައްސަލަތަކުގައި ވަކާލާތުކުރުން ފަދަ ޤާނޫނީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 17 ޖެނުއަރީ 2023 (އަންގާރަ) ދުވަހުގެ 10:00 ން ފެށިގެން 24 ޖެނުއަރީ 2023 ވާ (ހޯމަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ މެއިލް އެޑްރެހަށް ([email protected] ރިކުއެސްޓްކޮށް، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) އިޢުލާނު ނަންބަރާއި އެކު މެއިލްކޮށް ދެއްވުން އެދެމެވެ. ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.

https://forms.gle/2h7R1GEwpaqp4Tep6

މަޢުލޫމާތު ދިނުން

ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 26 ޖެނުއަރީ 2023 (ބުރާސްފަތި) ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިމީޓިންގައި ހާޒިރުވެވެން ނެތް ފަރާތްތަށް ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 24 ޖެނުއަރީ 2023 (އަންގާރަ) ވަނަދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން

ބީލަން ހުޅުވުން އޮންނާނީ 30 ޖެނުއަރީ 2023 (ހޯމަ) ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24  ޖުމާދުލްއާޚިރާ  1444

16 ޖަނަވަރީ 2023
ހޯދާ