މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތައް ސާފުކުރުން

ރަށުގެ މަތުގަކާއި ގޯޅިތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި މަގުމަތީގައި ޢާއްމުކޮށް ބަހައްޓާފައިވާ ތަކެތީގެ ސަބަބުން މަގު ބޭނުންކުރާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކިވަރުގެ އުނދަގޫތައްވާތީ އެކަމުވެ ޝަކުވާ މިކައުންސިލްގައިދަނީ އުފުލެމުންނެވެ. ރަށުގެ މަގުތަކާއި ގޯޅިތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި ޢާއްމުކޮށް ބަހައްޓާތަކެތި ނަގައި މަގުތައް އަމާންކުރުމަށް ކައުންސިލުންދަނީ މަސައްކަތްކުރަމުންނެވެ.

ވީމާ، ރަށުގެ މަގުތަކާއި ގޯޅިތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި ޢާއްމުކޮށް ބަހައްޓާފައިވާ ތަކެތި 2023 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ނަގައި ސާފުކުރުމަށް ޢާއްމުކޮށް އެންމެހާ ރައްޔިތުންނަށް އަންގައި އިލްތިމާސްކުރަމެވެ. އަދި މިމުއްދަތުގެ ފަހުން މަގުތަކާއި ގޯޅިތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

16 ޖަނަވަރީ 2023
ހޯދާ