ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި 12 ހެލްތު ސެންޓަރުގެ ކުނި ވަކިކުރުމަށް ބޭނުންވާނެ ކަލަރ ކޯޑެޑް ޑަސްޓްބިން އަދި ޑަސްޓްބިން ބޭގް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރޮޖެކްޓްގެ ނަން: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި 12 ހެލްތު ސެންޓަރުގެ ކުނި ވަކިކުރުމަށް ބޭނުންވާނެ ކަލަރ ކޯޑެޑް ޑަސްޓްބިން އަދި ޑަސްޓްބިން ބޭގް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން.

 

މި އިއުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި 12 ހެލްތް ސެންޓަރަށް ކުނި ވަކިކުރުމަށް ބޭނުންވާނެ ކަލަރ ކޯޑެޑް ޑަސްޓްބިން އަދި ޑަސްޓްބިން ބޭގް 1 (އެކެއް) އަހަރުގެ މުއްދަތަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިއުލާނެކެވެ.  

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުން ފެށިގެން 25 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާގެ އެނެކްސް 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވާ ހުށަހަޅަން ވާނެއެވެ.
  4. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ޕްރީ ބިޑް މީޓިންގ (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

  • 25 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި

 ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

  • 29 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި
16 ޖަނަވަރީ 2023
ހޯދާ