ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮތެންޓިކް މޯލްޑިވްސް އައުޓްލެޓްތަކަށް ބޭނުންވާ ކަރުދާސް ކޮތަޅު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

މި ކޯޕަރޭޝަންގެ އޮތެންޓިކް މޯލްޑިވްސް އައުޓްލެޓްތަކަށް ބޭނުންވާ ކަރުދާސް ކޮތަޅު، މި ކޯޕަރޭޝަނުން ދޭ ޑިޒައިނަށް ކަސްޓަމައިޒްކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

      

ތަން

ދުވަސް

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުކުރުން

މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ

ބުރާސްފަތި

19 ޖަނަވަރީ  2023

10:00

އަންދާސީހިސާބު ހުށަހެޅުން

އަންގާރަ

24 ޖަނަވަރީ  2023

10:00

 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވޮލޮޕްމަންޓުގައި އެންމެ ކުދި، ކުދި އަދި މެދު ގިންތީގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587  އަށް ގުޅުއްވުން އެދެމެވެ.

 

 

15 ޖަނަވަރީ 2023

15 ޖަނަވަރީ 2023
ހޯދާ