މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންފަހި ޕްރޮގްރާމްގެ ދަށުން ށ.ބިލެތްފަހީން ބަންޑާރަގޯތި ދޫކުރުމާއިބެހޭ

އިޢުލާން

ބިންފަހި ޕްރޮގްރާމްގެ ދަށުން ށ. ބިލެތްފަހީން ބަންޑާރަގޯތި ދޫކުރުމާއިބެހޭ

 

                            ބިންފަހި ޕްރޮގްރާމްގެ ދަށުން ށ. ބިލެތްފަހީން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ ގޯއްޗެވެ.

                            ވީމާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުންފެށިގެން 15 ފެބުރުއަރީ 2023 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 ން 14:00 އަށް ކައުންސިލް އިދާރާގައި ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 6540047 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އަދި ބިލެތްފަހީން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު މި އިއުލާނާއިއެކު އާންމުކުރެވިފައިވާނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

                                                                                                          23 ޖުމާދަލްއާޚިރު 1444                              

15 ޖަނަވަރީ 2023

15 ޖަނަވަރީ 2023
ހޯދާ