ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ނީލަން ކިޔުމާބެހޭ

މި ޓްރައިބިއުނަލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދެވަނަ ފަހަރަށް ނީލަން ކިޔުމަށް ހަމަޖެހިފައިވާތީ، ނީލަން ކިޔުން 24 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގައި ބުރުޒު މަގުގައި ހުންނަ މި އޮފީހުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 އަށް މި ޓްރައިބިއުނަލަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު،ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހިފައިގެން، 24 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އަށް މި ޓްރައިބިއުނަލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއަކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޖަނަވަރީ 2023
ހޯދާ