ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު: 1 (18 އަހަރު ފުރި 55 އަހަރު ނުފުރޭ މީހުން)

ރޭންކް: އެސް.އެސް 1 (ސަޕޯޓް ސަރވިސް 1)

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/ އިދާރާ: ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ސެކްޝަން: މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: ދ. ކުޑަހުވަދޫ ކައުންސިލްގެ އިދާރާ / މިސްކިތްތަކުގައި

މުސާރަ: މަހަކު 3,100.00 ރުފިޔާ.

ސަރވިސް އެލަވަންސް: މަހަކު 1,000.00 ރުފިޔާ.

މަޤާމުގެ ޝަރުޠުތައް:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތަކުގެ ޚުލާޞާ.

1- ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް، މިސްކިތާއި ވަޅުދޮށް ސާފުކުރުމާއި، ނަމާދުކޮށް ނިމުމުން 15 މިނިޓް މަޑުކޮށް، ކުރަން ހުރި މަސައްކަތްކުރުން.

2- މިސްކިތް ފޮޅައި ސާފުކޮށް، ވަޅުދިޔަހިއްކައި، މިސްކިތާބެހޭ ހުރިހާ ކަމެއް ކުރުން (ވަޅުދިޔަހިއްކާނީ މަހަކު އެއްފަހަރު ނުވަތަ ހަޑިވުމުން) 

3.  ފުރާޅުގެ ދިޔަދޮވި ސާފުކުރުން (ދޭތެރެދޭތެރެއިން)

4. ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކަހައި  ވިނަނޮޅައި، ކުނި  އުކައިލުމުގެ  މަސައްކަތް ކުރުމާއި، މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާރުތައް ކުރުން (މިސާލަކަށް، ފެންއިސްކުރު ބަދަލުކުރުމާއި، ފަންކާ ބޮކި ހޮޅިބުރި އެނދުމުން ބަދަލުކުރުމާއި، މިސްކިތުގެ ފާރު ނުވަތަ މިސްކިތުގެ އިންފާރުން ހަޑިވާ ތަންތަން ދޮވެ ދަވާދާއި ކުލަލައި ހެދުންފަދަ  ކުދިކުދި އެކިއެކި މަރާމާތުތައް ކުރުން)

5.  ބިއްލޫރި ލެވިފައިވާ ތަންތަނާއި، ހޮޅިބުރި ފަންކާ ކަބަޑުތައް ފޮޅާސާފުކުރުމުގެ މަސައްކަތް، އިމާމު ނުވަތަ މުދިމު އަންގާގޮތެއްގެމަތިން ކުރުމާއި، ހޮޅިބުރިތަކާއި، ފަންކާތައް އޮފީހުން ހަމަޖައްސާ އުސޫލަކުން ދިއްލައި ނިއްވުން.       

6. މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު ނުވަތަ މުދިމަށާއި، ރަށު ކައުންސިލް އިދާރާއަށް  އަންގަމުން ގެންދިއުމާއި، ރަށު ކައުންސިލް  އިދާރާއިންނާއި އިމާމު ނުވަތަ މުދިމު ހަމަޖައްސާ ގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތައްކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.                                   

7. ހިރަފުސް ދުވަސްވަރެއްގައި އިދާރާއިން އަންގައިފި ހިނދެއްގައި ގޯތިތެރެއަށް ފެންޖެހުން.              

8. މަރުވާމީހުންގެ ޖަނާޒާގެ ކަންކަމުގައި ކައުންސިލް އިދާރާއިން އަންގައިފިހިނދެއްގައި ބައިވެރިވުން. 

9- ކައުންސިލް އިދާރާގައި އޮންނަ ހާޒިރީއާއި، މިސްކިތުގައި އޮންނަ ނަމާދު ހާޒިރީގައި ޤަވާއިދުން ސޮއިކުރުން.

10. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، މިސްކިތާއި ޖަމާތްތެރިކަމާއި ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ބަރާބަރަށް ކުރުން.                                                  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައްފަދަ ކަންކަމުން އެންމެމަތިން ސްކޯކުރާ ފަރާތް (މެރިޓް އުސޫލުން)

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

- އިންޓަވިއު އޮންނާނީ،  2015 ޖަނަވަރީ 18 ން ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގުގައެވެ. (ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

- 2015 ޖަނަވަރީ 15 ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސަރުކާރު ބަންދުދުވަހުގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ  އުސޫލުން  ބަންދު ދުވަހުގެ ފައިސާއާއި، އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި މޯމު، މި އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން  ޑައުންލޯޑް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި،  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

ނޯޓު: މި އިޢުލާނުގައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް އެމީހަކު ހާޒިވާއިރު އެ ލިޔުންތަކުގެ އަޞްލު ގެނެސް، ލިއުންތައް އޭގެ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށް، ކޮޕީ ލިޔުމުގައި މި އިދާރާއިން ސޮއިކޮށް ތާރީޚުޖަހައިގެންނެވެ.

       މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760667 އެވެ. އީ މެއިލްކުރާނީ [email protected] އަށެވެ.

                                      9  ޞަފަރު 1436

01 ޑިސެންބަރު 2014
ހޯދާ