ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް އެގްޒެކެޓިވް (ވަގުތީ)

މަޤާމު:

ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް އެގްޒެކެޓިވް   

މަޤާމުގެ ނަންބަރު:

CSC-J-372884

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް ކުރެވޭ ތާރީޚުން ފެށިގެން 6 މަސް ދުވަސް އަދި ކޮމިޝަނަށް ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

މަޤާމުގެ ރޭންކް:

CSC4-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/8740 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް

ސިވިލް ސަރވިސް އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ތަމްރީންތައް ދެނެގަތުމަށްޓަކައި ޓްރެއިނިންގ ނީޑްސް އެނެލިސިސް އެއް ހަދައި، އެއަށް ބިނާކޮށް ތަމްރީން ޕްރޮގްރާމުތައް އެކުލަވާލުމާއި، ޕްރޮގްރާމްތައް ރާވައި ހިންގާ ބެލެހެއްޓުމާއި އަދި  ޓްރެއިނިންގ އިންސްޓިޓިއުޓުގެ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ގަވާއިދުން މިތަކެތި ރިވިއުކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަދާހަމަކުރުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ތެރެއިން ހަވާލުކުރެވޭ ޕްރޮގްރާމް ތަކުގައި ކިޔަވައި ދިނުމާއެކު ކިޔަވައިދޭ މޮޑިއުލްގެ އެސެސްމަންޓް / އެގްޒާމް ކުރިއަށް ގެންގޮސް ކަނޑައެޅިފައިވާ ތާރީޚުގެ ތެރޭގައި އެސެސްމަންޓްތައް މާރކްކޮށް ނަތީޖާ ހާމަކުރުން.
  2. ހަވާލުކުރެވޭ  ސިވިލް ސިވިލްސަރވިސް ދާއިރާ / ސެކްޓަރ ގެ މުވައްޒަފުންނަށް ތަމްރީންދިނުމުގެ ކަންތައްތައް  ކުރުން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާޢިދާއި ޢުސޫލުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ތާރީޚުތަކާ އެއްގޮތަށް ކުރުން.
  4. ސިވިލް ސަރވިސްގެ ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ތެރެއިން ހަވާލުކުރެވޭ ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުން. އަދި ކުރިއަށް ގެންދާ ޓްރޭނިންގްތަކާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ހަވާލުކުރެވޭ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާނެގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމާއި މަސައްކަތް ކުރިޔަށްދާ ގޮތުގެ ރިޕޯޓް ތައްޔާރު ކޮށް ސްޕަވައިޒަރުގެ އެޕްރޫވަލް ހޯދާ ފައިނަލްކުރުން.
  6. ކިޔަވައިދޭ ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން. ކޯޑިނޭޓްކުރާ ޕްރޮގްރާމްތަކުގެ ރިޕޯޓް އެޕްރޮގްރާމް ނިމުމާއެކު ސްޕަވައިޒަރަށް ހުށަހެޅުން.
  7. ކިޔަވައިދޭ މޮޑިއުލްތަކާއި ކޯޑިނޭޓްކުރާ ޕްރޮގްރާމްތަކުގެ ފެންވަރު ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ މޭންޑޭޓްގައިވާ މިންގަޑުތަކާއެއްގޮތަށް ކުރިއަށް ދާކަން ކަށަވަރުކުރުން އަދި މޮޑިއުލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  8. ހަވާލުކުރެވޭ ޓްރެއިނިންގ ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން. ކޯޑިނޭޓްކުރާ ޕްރޮގްރާމްތަކުގެ ރިޕޯޓް އެޕްރޮގްރާމް ނިމުމާއެކު ޓްރެއިނަރ އަދި ސްޕަވައިޒަރަށް ހުށަހެޅުން.
  9. އިންސްޓިޓިއުޓުން ކުރިޔަށްގެންދާ ލެކްޗަރ ސީރީޒް އަދި ވެބިނަރ ސީރީޒްގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  10. މުޅިއަހަރަށް ތައްޔާރުކުރުމަށް ކަނޑައެޅޭ ސެލްފްލާނިންގ ޓްރެއިނިންގ ޕެކްތައް ތައްޔާރުކުރުމާއި އެޕްރޮގްރާމަކާއިގުޅޭ މައުލޫމާތު ހިއްސާކުރުން.
  11. ކެންވާސް މެދުވެރިކޮށް ކުރިޔަށް ގެންދެވޭ އޮންލައިން ޓްރެއިނިންގތަކަށް ބޭނުންވާ ޓްރެއިނިންގ ވީޑިއޯތައް ތައްޔާރު ކުރުން، ވީޑިއޯ ރެކޯޑިން އަދި އެޑިޓިންގ.
  12. ކެންވާސް އިން ކުރިޔަށް ގެންދާ އޮންލައިން ޓްރެއިނިންގތަކާއި އިމްތިހާންތައް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ އެންމެހަ މަސައްކަތްތައް ކުރުން.
  13. ސިވިލް ސަރވިސްގެ މަތީ ފަންތީގެ ވަޒީފާތަކަށް އަލަށް ގުޅޭ މުވައްޒަފުންނަށް ޚާއްޞަކޮށް ދެވޭ އިމްތިޙާންގެ ޤަވާއިދު ޕޭޕަރުތައް ތައްޔާރުކުރުމާއި، މާރކިން ސްކީމް ތައްޔާރުކޮށް ޕޭޕަރު މާރކް ކުރުމާއި، އަދި އިމްތިޙާން ބޭއްވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  14. ސިވިލް ސަރވިސްގެ އެގްޒެކެޓިވް ރެކްރޫޓްމަންޓް އެގްޒަމިނޭޝަންއާ ގުޅޭގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  15. ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ޓްރެއިނިންގތަކުގެ ފުރިހަމަ މައުލޫމާތާއި އެ ޓްރެއިނިންގތަކުގެ ބައިވެރިންގެ މައުލޫމާތު ބަލަހައްޓައި އެ މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެގޮތަށް އަދާހަމަކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަރސަނަލް ޑިވެލޮޕްމަންޓް ނުވަތަ ޓީޗިންގް ނުވަތަ އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ނުވަތަ ލީޑަރޝިޕް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން،

ނުވަތަ،

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރު ދުވަހު މަސައްކަތްކޮށް، ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް،  ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 22 ޖެނުއަރީ 2023 އާ 11 ފެބުރުއަރީ 2023 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އަދި އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

14 ޖަނަވަރީ 2023
ހޯދާ