މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

މ.މަޑުއްވަރީ ކައުންސިލްއިން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ، އަމިއްލަތަކެތީގައި މ.މަޑުއްވަރީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެ މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. މި ބީލަންތަށް ކުރިއަށްގެންދާނީ ތިރީގައިވާ ބަޔާންކޮށްފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށެވެ
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"
  • މިނިސްޓްރީ އޮފް ފިނޭންސްގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު"
  • މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"

 

2.މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މި މަސައްކަތްކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ފޮތް ހަވާލުކުރުމަށްހަމަޖެހިފައިވަނީ ، މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންގައެވެ.

3.މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 18 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:30 ގައި މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނި މާލަމުގައެވެ.

4.މި މަސައްކަތުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 27165.00 ( ހަތާވީސް ހާސް އެއްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕާރޕޯމެންސް ގެރެންޓީ ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.

 

5.ބިޑުތައް ހުޅުވުން އޮންނާނީ 30 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 13:15 ގައި މި އިދާރާގެ ދަސްވަނި މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ވީމާ ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.  

12 ޖަނަވަރީ 2023
ހޯދާ