ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގްޒަމިނަރުން ހޯދުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގްޒަމިނަރުން ބޭނުންވެއްޖެއެެވެ.

 

ބޭނުންވާ ޢަދަދު: 01 ( އެކެއް )

ޝަރުތު :                                

  • ލިޔަންކިޔަން އެގުން
  • އޭޒޯންގެ ޑްރައިވިންގ ލައިސަންސްA1,A0,BI,B2,B0,C1,C2,C3,C4,C0,C1E,D0,

ކެޓެގަރީ ދުއްވުމުގެ ލައިސަންސް އޮތް މީހަކު ކަމުގައިވުން

  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން
  • ފާއިތުވި ފަސް އަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.(3މަސް ހަމަނުވާ ޕޮލިސްރިޕޯޓް)
  • މަދުވެގެން ދެ (ދޭއް) އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ ދެ ފުރޮޅުލީ އުޅަނދަކަށް -/35ރ (ތިރީސް ރުފިޔާ) އަދި ދެފުރޮޅަށްވުރެ އިތުރުވާ ކޮންމެ އުޅަނދަކަށް -/50ރ (ފަންސާސް) ރުފިޔާ ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2023 ޖަނަވަރީ 24 ވާ އަންގާރަ ދުވަހު 12:00ގެ ކުރިން ސިޓީއަކާއެކު ހުށައެޅުއްވުން އެދެމެވެ.

11 ޖަނަވަރީ 2023
ހޯދާ