ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ.ތިލަފުށިން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދެވޭނެ ފަރާތެއް ހޯދަން

މި އިޢުލާންވަނީ 06 ޑިސެންބަރު 2014 16:38 ގައި ބާތިލް ކުރެވިފައެވެ.


 އިޢުލާން

ކ.ތިލަފުށީގައި  ބޭނުންކުރާ މިކޯޕަރޭޝަންގެ ވެހިކަލްތަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ކ.ތިލަފުށިން ފޯރުކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން (ނަންބަރު: (TCL/IUL/14/1025 އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚް

ގަޑި

ޕްރީބިޑް މީޓިންގ

ޓީސީއެލް ހެޑް އޮފީސް

ބުދަ

10 ނަންބަރު 2014

10:30 ގައި

ބީލަން ހުށަހެޅުން އަދި ބީލަން  ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

އަންގާރަ

16 ނަންބަރު 2014

10:30 ގައި

ބީލަން ހުށައެޅޭނީ ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ޖީއެސްޓީއަށް ވާ އަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން
  • ހިމަނަން ޖެހޭ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ކުންފުނީގެ ފަރާތުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނަވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ، އަދި މި މަސައްކަތާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، މަޤާމާއި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
  •  އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީހިސާބެވެ.
  • ހުށަހަޅައިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 12 ޞަފަރު 1436

04 ޑިސެންބަރު 2014
ހޯދާ