މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Legal Executive

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ލީގަލް އެކްސެކެޓިވް މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. އެގޮތުން މިމަޤާމާއި ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ ޓީ.އޯ.އާރް މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ މި މަޤާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން  [email protected] އީމެއިލް އެޑްރެސްއަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

1.ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުންތައް

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ،  އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.

4. ސީވީ

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަންގެ 3316362 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 ޖަނަވަރީ 2023
ހޯދާ