މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Study in Azerbaijan

އިޢުލާން

ނަންބަރު:   IUL)475-Schol/475/2023/4)

ތާރީޚް: 12.1.2023

Study in Azerbaijan

 

އެކިއެކި ޤައުމުތަކުގެ ކިޔަވާ ކުދިންނަށް އަޒަރބައިޖާނުގައި މަތީ ތަޢުލީމު ހާސިލް ކުރުމަށް އޮތް ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތުން ތައްޔާރުކޮށްފައިވާ "ސްޓަޑީ އިން އަޒަރބައިޖާން" ބްރޯޝާ މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ. އަދި އިތުރު މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުންނާއި އީމެއިލް އެޑްރެސް މެދުވެރިކޮށް ލިބޭނެއެވެ.

 Website: studyinazerbaijan.edu.az      

 Email address: [email protected]

       

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

 

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

12 ޖަނަވަރީ 2023
ހޯދާ