މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުގެ އަހަރީ ފީ ބަލައިގަތުމާގުޅޭ

 

ގަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވާ، ޕާރކްކުރާ ފަރާތްތައް ޖޫރިމަނާ ކުރުމުން، ގިނައަދަދެއްގެ ފަރާތްތަކުން މި ޖޫރިމަނާ ނުދައްކައި އުޅަނދު ދުއްވާކަން ފާހަގަކުރެވެއެވެ. ވީމާ، މިފަދަ ޖޫރިމަނާތައް ކޮށްފައިވާ ފަރާތްތަކުން ދައްކަން ޖެހޭ ޖޫރިމަނާ 31 ޑިސެންބަރު 2014 ގެ ކުރިން މި އޮތޯރިޓީއަށް ދައްކައި ޚަލާސްކުރުމަށް ދަންނަވަމެވެ. އަދި 1 ޖަނަވަރީ 2015 ގެ ފަހުން އެއްގަމު އުޅަނދުގެ އަހަރީ ފީ ބަލައިގަނެވޭނީ، އެފަރާތަކާ ގުޅިގެން ކޮށްފައިވާ ޓްރެފިކް ވަޔަލޭޝަނާގުޅޭ އެންމެހައި ޖޫރިމަނާތައް ދައްކައި ޚަލާސްކުރުމުން ކަމުގައި ދަންނަވަމެވެ.

އަދި، ދައުލަތަށް ދައްކަންޖެހޭ ފީ އާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާމެދު މިއޮތޯރިޓީން ފިޔަވަޅު އަޅަމުންދާނެ ވާހަކަވެސް ދެންނެވީމެވެ.

                             10 ޞަފަރު 1436

02 ޑިސެންބަރު 2014
ހޯދާ