ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ވިޔަފާރީގެ އުސޫލުން މި މަދަރުސާގެ ސެކިއުރިޓީ، 01 ޖަނަވަރީ 2015 އިން ފެށިގެން އެއް އަހަރު ދުވަހަށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވުމާއެކު، މި މަސައްކަތްތައް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2014 ޑިސެންބަރު 08 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި މަދަރުސާގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ޑިސެންބަރު 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބާއްވާ ބައްދަލުވުމަށް، އެހެންމީހަކު ފޮނުއްވާނަމަ އެކަން އެނގޭނެގޮތަށް ސިޓީއެއް ފޮނުއްވަންވާނެއެވެ.

ބިޑަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

އަގު:                   %70

ތަޖުރިބާ                  %20

މުވައްޒަފުންނާއި ކުންފުނި ޖަމާޢަތް     % 10 

30 ނޮވެންބަރު 2014
ހޯދާ