ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ފުޓްބޯޅަ ދަނޑު ލެވެލްކޮށްދޭނޭ ފަރާތެއް ހޯދުން

ގދ.ރަތަފަންދޫ ފުޓްބޯޅަދަނޑުގެ ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީހިސާބު ތައްޔާރުކޮށް 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް

  1. ދަނޑުގައި މިހާރު ހެދިފައިވާ ގަސްތައް ބުޑުން ނަގައި ވިނަނޮޅައި ސާފުކޮށް ކުނިބުނި އުކައިދިނުން.
  2. މުޅި ފުޓްބޯޅަދަނޑު އެއް ލެވެލަކަށް ލެވެލްކޮށްދިނުން
  3. މުޅިދަނޑަށް 6 އިންޗީގެ ބޯމިނަށް ފުރާނާފައިވާ ވެލިއަޅައި ބިން ހަރުކޮށްދިނުން (ދަނޑަށް ވެލިއެޅުމަށްޓަކައި ވެލިނަގާނެ ސަރަޙައްދެއް ކަނޑައަޅާނީ ރަތަފަންދޫ ކައުންސިލުންނެވެ.)
  4. ފުޓްބޯޅަދަނޑުގެ ވަށައިގެންވާ މަގުތަކުގައިހުރި ގަސްތައް ބުޑުން ނަގައި ވިނަނޮޅައި ސާފުކޮށްދިނުން.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
  2. ކޮމްޕެނީ ޕްރޮފައިލް

މި އިދާރާއިން ބަލާނެ ކަންތައްތައް

  1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގު ހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ކޮންމެ މަސައްކަތަކަށް ވަކިން އަގު އެނގޭގޮތަށެވެ.
  2. މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

އަގު

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މުއްދަތަށް

20%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މަކްސް
  • މި މާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ

 10%
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
  • މިމާކްސް ދެވޭނީ ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮފައިލްގައި ފާއިތުވެ ދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކު ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

08 ޞަފަރު 1436

30 ނޮވެންބަރު 2014
ހޯދާ