އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޤާނޫނީ ވަކީލުން ހޯދަން

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަންނެތް މީހުންނަށް މިއޮފީހުން ދެމުންގެންދާ ޤާނޫނީ އެހީތެރިކަން ދެއްވުމަށްޓަކައި، ޤާނޫނީ ވަކީލުން މިއޮފީހަށް ހޯދަން ބޭނުންވެއެވެ.

ވީމާ، ދެފަރާތް އެއްބަސްވާ އަގެއްގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ނިޔަލަށް ސިޓީ ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

08 ޞަފަރު 1436

30 ނޮވެންބަރު 2014
ހޯދާ