މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އައި.ޓީ.ބީ ފެއަރ 2015 އަދި 2016ގައި، ރާއްޖޭގެ ސްޓޭންޑްގައި ދިވެހި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ޖަރުމަނު ވިލާތުގެ ބާރލިންގގައި އޮންނަ އައި.ޓީ.ބީ ފެއަރ 2015 އަދި 2016ގައި، ރާއްޖޭގެ ސްޓޭންޑްގައި ދިވެހި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 10:00 އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

10 ޞަފަރު 1436

02 ޑިސެންބަރު 2014
ހޯދާ