މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އައި.ޓީ.ބީ ފެއަރގައި، ރާއްޖޭގެ ސްޓޭންޑްގައި ސައި، ކޮފީ އަދި ބިސްކޯދު ފަދަ ތަކެތި ހިލޭ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

2015 އިން 2017އަށް ޖަރުމަނު ވިލާތުގެ ބާރލިންގގައި އޮންނަ އައި.ޓީ.ބީ ފެއަރގައި، ރާއްޖޭގެ ސްޓޭންޑްގައި ސައި، ކޮފީ އަދި ބިސްކޯދު ފަދަ ތަކެތި ހިލޭ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޑިސެންބަރު 2014ވާ ހޯމަ ދުވަހުގެ 15:00 ކުރިން މިކޯޕަރޭޝަނަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށްފަހު 22 ޑިސެންބަރު 2014ވާ ހޯމަ ދުވަހުގެ 11:30އަށް ތަފުސީލު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ.

10 ޞަފަރު 1436

02 ޑިސެންބަރު 2014
ހޯދާ