ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުސްބިންތަކުގައި ހުރިތަކެތި ނެގުމާއި ބެހޭ

މިރަށު މާހިޔާގޭ ދެކުނުން ފަލަކުގޭ އުތުރުން އެއްފަސްގޭ އިރުން ޑޭލައިޓްގޭ ހުޅަގުން އެވާ 3 ހުސްބިމުގައި ރުއްގަސްއިންދުމާއި ތަކެތި ބެހެއްޓުމާއި ދަރުލާގެފަދަ ތަންތަން ހަދަމުންދާކަށް ވަނީ މިކައުންސިލަށް ފާހަގަކުރެވިފައެވެ. އަދި މި 3 ހުސްބިން މިއިދާރާއިން ސާފްކުރަން ބޭނުންވާތީ މި 3 ހުސްބިމުގައި އެއްވެސް ފަރާތެއްގެ އެއްޗެއް ވާނަމަ       9 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުން ފެށިގެން 9 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި ނަންގަވާ ނިންމެވުންއެދެމެވެ. އަދި މިސަރަހައްދަކީ މީގެކުރިންވެސް ބަދަލު ދެވިފައިވާ ސަރަހައްދަކަށްވާތީ މިސަރަހައްދުގައިހުރި އެއްވެސް އެއްޗަކަށް ބަދަލު ނުލިބޭނެވާހަކަ ދަންނަވަމެވެ.

                މި މުއްދަތުގައި ނުނަގައި ހުންނަ ތަކެތި މިކަންސިލުން ނަގައި ނައްތާލާނެ ކަމުގައި އަންގައި އިޢުލާން ކުރަމެވެ.

09 ޖަނަވަރީ 2023
ހޯދާ