މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
2 ޤާނޫނު އިނގިރޭސިބަހަށް ތަރުޖަމާ ކުރުމަށް

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓާލުމުގެ ޤާނޫނާއި, ޖިންސީ ކުށުގެ ޤާނޫނު އިނގިރޭސިބަހަށް ތަރުޖަމާ ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޑިސެންބަރު 2014ގެ 11:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެންބަރު 2014ގެ 11:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

12 ޞަފަރު 1436

04 ޑިސެންބަރު 2014
ހޯދާ