ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

                       އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ސްކޫލުންދޭ ނަމޫނާއާއި،އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 22 ޑިސެމްބަރ 2022 ގައި ކުރި އިއުލާންއަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ ، އަލުން އެފުރުސަތު ހޮޅުވާލަމެވެ.  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ވީމާ ޔުނީފޯމް ތައްޔާރުކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖެނުއަރީ 2023 ވަނަ ދުވަހުގެ 12:00 ކުރިން ސްކޫލްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ މި މުއްދަތުގައި ރަގިވްވެފައިވާ ފަރާތްތަކަށެވެ.  މައުލޫމާތު ސާފްކުރުން އޮންނާނީ 16 ޖެނުއަރީ  2023 ހޯމަ ދުވަހު 13:00 ގައި ގުރައިދޫ ސްކޫލް ގައެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 23 ޖެނުއަރީ 2023 ވާ ހޯމަ ދުވަހު 13:00 ގައި ގުރައިދޫ ސްކޫލް ގައެވެ.

        މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ރަޖިސްޓްރީކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގުރައިދޫ ސްކޫލްގެ ނަންބަރު  6640574 ނުވަތަ 9929946 އާމިނަތު ނަޒްމާ ފޯނަށް ގުޅުއްވުން އެދެމެވެ.

10 ޖަނަވަރީ 2023
ހޯދާ