މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖޭއިން ބޭރުން ބިދޭސީން ގެނައުމަށް އޭޖެންސީތަކަށް ހުޅުވާލުން

މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ހިނގާ ހޮސްޕިޓަލުތަކަށާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާގޮތަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް ބިދޭސީން ގެނައުމުގެ ފުރުޞަތު ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމަށް ރާއްޖޭގައި ރަޖިސްޓަރީކޮށް 25 ނޮވެންބަރު 2014 ގެ ކުރިން ހުއްދަ ލިބިފައިވާ އޭޖެންސީ ނުވަތަ އޭޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީ ނުވަތަ އޭޖެންސީތަކުން ތިރީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާ ޖޮބް އެޕްލިކޭޝަންތައް އެ ފަރާތްތަކުން ރަޖިސްޓަރީވާންޖެހޭ ކައުންސިލުން ރަޖިސްޓްރޭޝަން ފޯމު އަދި ބައޯޑާޓާ ފޯމު ފުރުމަށްފަހު މިމިނިސްޓްރީގެ ތައްގަނޑުޖެހުމަށްޓަކައި މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

މަޤާމު:  ރަޖިސްޓަރ ނާރސް

މަޤާމުގެ އަދަދު: 200

މުސާރަ: -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2500 ރުފިޔާ

ޝަަރުޠު:  

  1. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން 6 މަސްދުވަހު ލޭބަރރޫމުގައި މަސައްކަތް ކޮށްފައިވުން. ނުވަތަ
  2. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު އޮޕަރޭޝަން ތިއޭޓަރ ނުވަތަ އައިސީޔޫގައި މަސައްކަތް ކޮށްފައިވުން. ނުވަތަ
  3. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު މަސައްކަތްކޮށް ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  4. ޞިއްޙީ ޚިދުމަތުގައި ޢަމަލީގޮތުން މަސައްކަތްކޮށް ލިބިފައިވާ ތަޖުރިބާއަކީ ފަހުގެ ތާރީޚެއްގައި ލިބިފައިވާ ތަޖުރިބާއަކަށްވުން. ފަހުގެ ތާރީޚެއްކަމުގައި ބަލާނީ 2010 އަށްވުރެ ފަހުން ހޮސްޕިޓަލެއްގައި މަސައްކަތްކޮށް ލިބިފައިވާ ޢަމަލީ ތަޖުރިބާއަށެވެ.

މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ފަރާތްތަކަށް އޮފަރ ލެޓަރ ދޫކުރެވޭނީ، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލުގެ ޕުރީ ރަޖިސްޓުރޭޝަން އަދި މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީން ކަނޑައަޅާ ސުންގަޑިއަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުމުން މި އިޢުލާނުގައި ކަނޑައެޅިފައިވާ އަދަދު ހަމަވަންދެންނެވެ. މި އިޢުލާނުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަނެއް އޭޖެންސީން ސީދާ ގެނެސް ހުށަހެޅުން ނޫންގޮތަކަށް މި މިނިސްޓްރީން ބަލައެއް ނުގަންނާނެއެވެ. އެޕްލިކޭޝަން ހުށަހަޅާ އޭޖެންސީތަކުގެ ތެރެއިން އޭޖެންސީއަކަށް ގިނަވެގެން ދޫކުރެވޭނީ 15 އޮފަރ ލެޓަރއެވެ. މި އިޢުލާނުގެ ދަށުން ބޭނުންވާ ނަރުހުންގެ އެޕްލިކޭޝަން ޖުމުލަ އަދަދަށްވުރެ އިތުރުވާނަމަ، ހުށަހަޅާފައިވާ އޭޖެންސީތަކަށް ހުށަހެޅި އެޕްލިކޭޝަންގެ ނިސްބަތުން އޮފަރ ލެޓަރގެ ފުރުޞަތު ދެވޭނީ އޭޖެންސީތަކަށް ހަމަހަމަ އުސޫލަކުންނެވެ. އަދި ބޭނުންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާނަމަ، ހުށަހަޅާ އޭޖެންސީތަކަށް އިތުރު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. އޮފަރ ލެޓަރ ދޫކުރުމަށްފަހު އެ އޮފަރލެޓަރގެ ބަދަލުގައި އެހެން އޮފަރލެޓަރއަކަށް ބަދަލު ކުރުމުގެ ފުރުޞަތު ނޯންނާނެ ކަމުގައި ދަންނަވަމެވެ. އޮފަރލެޓަރ ދޫކުރާތާ 5 ދުވަހުގެ ތެރޭގައި ވާރކްޕާމިޓަށް ބޭނުންވާ ޑޮކިއުމަންޓްތައް މިމިނިސްޓރީއަށް ހުށަހަޅައި އަދި ވާރކްޕާމިޓް ލިބޭތާ 1 މަސްދުވަހުގެ ތެރޭގައި ވަޒީފާ ދިންފަރާތް މިމިނިސްޓްރީއަށް ރިޕޯޓު ނުކޮށްފިނަމަ އެފަރާތެއްގެ ވާރކްޕާމިޓް ކެންސަލް ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

މަތީގައިވާ މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅާ އޭޖެންސީތަކުން އޭޖެންސީތަކުގެ ރަޖިސްޓަރީގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ) އަދި އޭޖެންސީއަކީ ރާއްޖެއިން ބޭރުން ބިދޭސީ ގެނައުމުގެ މުއްދަތު ހަމަނުވާ ހުއްދަ އޮތް ފަރާތެއްކަން އަންގައިދޭ ކަމާގުޅޭ އިދާރާއިން ދޫކޮށްފައިވާ ލިއުމުގެ އަސްލު ހުށަހަޅަންވާއެވެ.

އަލަށް ގެނެވޭ ބިދޭސީން އެ މީހަކު ރާއްޖެ އައުމަށް ކަނޑައެޅިފައިވާ ވަގުތާއި ތާރީޚާއި، އަދި ޓިކެޓުގެ ކޮޕީއެއް 3 ދުވަސްވުމުގެ ކުރިން މި މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި އެމީހަކު ހުރުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް ނުވަތަ ހޮޓަލަކާ ހަމައަށް ގެންދިއުމަކީ އޭޖެންސީގެ ޒިންމާއެކެވެ.

އެ ބިދޭސީއަކު މަސައްކަތްކުރަން މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މަރުކަޒަކަށް ބިދޭސީމީހާ ފޮނުވުމުގެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖެއްސުމުން، އެމަރުކަޒުތަކަށް އެ މުވައްޒަފުން ފޮނުވާނީ އޭޖެންސީތަކުންނެވެ. އެޕްލިކޭޝަން ބަލައިގަންނީ 4 ޑިސެންބަރު 2014 ން 18 ޑިސެންބަރު 2014 ގެ ނިޔަލަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 3014343 ، އަދި އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ.

04 ޑިސެންބަރު 2014
ހޯދާ