ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ/ އެޗް.އާރު އެންޑް އޯޑީ

ވަޒީފާގެ ފުރުސަތު

 ތާރީޚް

 18 ޖުމާދަލްއާޚިރާ 1444

 10 ޖަނަވަރީ   2023

 ނަންބަރު

179-3.3/1/2023/3(IUL)

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ/  އެޗް.އާރު އެންޑް އޯޑީ  

 ވަޒީފާގެ ބާވަތް

 ދާއިމީ

 މަސައްކަތް ކުރަންޖެހޭ ތަން

 ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

 މުސާރަ އާއި އެލަވަންސް

 -/14,500 ރުފިޔާ އާއި -/16,000ރުފިޔާ އާ ދެމެދު

 ޑެއިލީ އެލަވަންސް

 އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

 އިތުރުގަޑީގެ ފައިސާ

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަޤާމުގެ ޝަރުތު

 

  • އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ޙާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުމާއެކު، ރާއްޖެ ނުވަތަ ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ބިޒްނަސް، އެކައުންޓިންގ، ފައިނޭންސް، ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ޙާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުމާއެކު ރާއްޖޭގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.     

 މައިގަނޑު މަސްއޫލިއްޔަތުތައް:

  • މުވައްޒަފުން ރެކްރޫޓްކުރުމާއި ޓަރމިނޭޝަން ގައި އެހީތެރިވުން
  • ސްޓާފް ޑިވެލޮޕްމަންޓްއާ ގުޅޭ މަސައްކަތް
  • ސްޓާފުންގެ ޕަރފޯމަންސް އިވެލުއޭޓްކުރުމުގައި ކުރަންޖެހޭ މަސައްކަތް
  • އެޗްއާރުއެޕްލިކޭޝަން މެދުވެރިކޮށް ސްޓާފުންގެ ރިކޯޑް ބެލެއްޓުން (މީގެ ތެރޭގައި ހާޒިރީއާއި ޗުއްޓީއާއި ޕަރސަނަލް ފައިލް ގެ ރެކޯޑްތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން
  • ޑިޕާޓްމަންޓުން ފޮނުވަންޖެހޭ ސިޓީ، ނޯޓް ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމާއި ބަލައިގަތުމާއި އަދި ސެކްޝަނުން ފޮނުވާ މިފަދަ ލިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމާއި އޭގެ ރިކޯޑް މެއިންޓެިއިންކުރުން
  • މުވައްޒަފުންގެ މުސާރައާގުޅޭ އެންމެހައި މަސައްކަތް
  • ސެކްޝަނުން ބާއްވާ ބައްދަލުވުން ތަކުގެ ޔައުމިއްޔާ / ރެކޯޑްތައް ބެލެހެއްޓުން
  • އޮތޯރިޓީގެ އޮޕަރޭޝަނަލް ޕްރޮސީޖަރ އާ އެއްގޮތަށް އެންމެހައި  މަސައްކަތްކުރުން

 މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް   ޕޮއިންޓްދޭނެ މިންގަނޑުތައް

  •   ތަޢުލީމާ ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %50)
  •   ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ %15)
  •   އެސެސްމަންޓް  (ކަނޑައެޅިފައިވާ އިންސައްތަ %15)
  •   އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %20)

 އެޕްލިކޭޝަން ސުންގަޑި

 24 ޖަނަވަރީ 2023 ގެ 11:00 ގެކުރިން

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް

 އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
  • މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އެޕްލިކޭޝަން ހުށަހެޅުން

  • ވަޒީފާއަށް އެދޭ ފޯމު އަދި ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.

 ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ  ފަރާތްތަކުގެ ތެރެއިން ކޮލިފިކޭޝަނާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށް، ވަޒީފާ ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. 


 

10 ޖަނަވަރީ 2023
ހޯދާ