މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ކޮންޓްރެކްޓް އުސޫލުން މިއޮފީހުގެ އޮފީސް ހިންގަމުންދާ ޢިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިޚިދުމަތް ދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ ތާރީޚާއި ގަޑިއަށް މިއޮފީހަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބަޔާންކޮށްފައިވާ ތާރީޚާއި ގަޑިއަށް މިއޮފީހަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޕޯޒަލް ބަލައިގަތުން:

ތާރީޚު: 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00ގައި

ތަން:  މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިއިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ފޯނު ނަންބަރު 3309908 އާ ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު 20379

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3309908 (335/134)

ފެކްސް: 3307759

އީމެއިލް: [email protected]

12 ޞަފަރު 1436

04 ޑިސެންބަރު 2014
ހޯދާ