މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރީ ސުކޫލު ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ތަޢުލީމީ ފަންޑުން މާލެ އަތޮޅު ވިލިނގިލީގައި ބިނާކޮށްފައިވާ ޕްރީ ސުކޫލު ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ތަޢުލީމީ ފަންޑުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަރުޠު ފުރިހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް 2014 ޑިސެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / އެދުރުހިޔާ 1 ވަނަ ފަންގިފިލާގެ މީޓިންގ ރޫމަށް ވަޑައިގެން ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ.

" މާލެ އަތޮޅު ވިލިނގިލީ ޕްރީ ސުކޫލު ހިންގައި ބެލެހެއްޓުމުގެ ބީލަން " ފޮތް ތަޢުލީމީ ފަންޑުގެ އިދާރާ / އެދުރުހިޔާ 1 ވަނަ ފަންގިފިލާ އިން 2014 ޑިސެންބަރު 7 އިން 17 އާ ދެމެދު ބައްލަވައިގެންނެވުން އެދެމެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 ބީލަމެވެ. ބީލަން ފޮތް ލިބެން ހުންނާނީ  -/500 (ފަސް ސަތޭކަ) ރުފިޔާ އަށެވެ.

                           9 ޞަފަރު 1436

01 ޑިސެންބަރު 2014
ހޯދާ