ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީ އިތުރުކުރުން

ގަމު ރީޖަނަލް ހޮސްޕިޓަލް

ލ. ގަން،  ދިވެހިރާއްޖެ                           

                                                    އިއުލާން

     ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީ އިތުރުކުރުން


މި ހޮސްޕިޓަލް ގައި މަސައްކަތް ކުރާނެ ބިދޭސީން ގެނައުމުގެ ފުރުޞަތު ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކުގެ ތެރެއިން ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށް ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީތަކުން ޝައުޤުވެރިވާކަން ބަޔާންކޮށް "އެޖެންސީތަކުގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ ފޯމް" 15 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ކުރިން  މިހޮސްޕަޓަލުގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މި އިއުލާނާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، މި ހޮސްޕިޓަލުން ހުއްދަދެވޭ އެޖެންސީތަކަށް މިހޮސްޕިޓަލްގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ކުރެވޭ އިއުލާންތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު ދެއަހަރުދުވަހުގެ މުހުލަތަށް ދެވިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިހޮސްޕިޓަލުގެ ނަންބަރު: 6800699 އާ ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ð        އެޖެންސީ ރަޖިސްޓަރީގެ ކޮޕީ

ð        ހެލްތު ދާއިރާގެ މަޤާމުތަކަށް ބިދޭސިން ގެނެސްފައިވާކަން އަންގައިދޭ ލިޔުން ( ޤައުމުތަކާއި މަޤާމްތައް އެގޭގޮތައް ލިސްޓްކުރެވިފައި)

ð        އެމްޕުލޯއިމަންޓް އެޖެންސީ ހިންގުމުގެ މުއްދަތު ހަމަނުވާ ހުއްދައިގެ ކޮޕީ

ð        އެޖެންސީގެ ވެރިފަރާތް/ފަރާތްތަކުގެ ދ.ރ ކާޑުގެ ކޮޕީ

ð        އެޖެންސީގެ ފަރާތުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި މުޢާމަލާތު ކުރާނެ ފަރާތްތަކުގެ ދ.ރ ކާޑުގެ ކޮޕީ

ð        ކަމާއި ބެހޭ މިނިސްޓްރީން/ޑިޕާޓްމެންޓުން އެޖެންސީއަކީ ބިދޭސީން ގެނައުމުގެ ހުއްދަ މިހާރުވެސް އޮތް ފަރާތެއްކަން އަންގައިދޭ ކަމުގެ ލިއުމެއް

 

                                     16 ޖުމާދަލް އާޚިރު 1444

                                     08 ޖެނެއަރީ 2023

08 ޖަނަވަރީ 2023
ހޯދާ