މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ހަދާ ވޮލީކޯޓުގެ ނުނިމިއޮތްބައި ނިންމައިދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

އަލަށް ހަދާ ވޮލީކޯޓްގެ މަސައްކަތް ނިންމާދޭނެ ފަރާތެއް ހޯދުން

           މިނިސްޓްރީ އޮފް ޔޫތު ، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން މިރަށުގައި ހަދަމުންގެންދާ ވޮލީކޯޓްގެ މަސައްކަތް މިހާރުގޮސްފައިވާ ހިސާބުން ފެށިގެން ބާކީހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. 

            ވީމާ، މިމަސައްކަތް  އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖެނުއަރީ 2023  ވާ ބުރާސްފަތި ދުވަހު 13.00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 18 ޖެނުއަރީ 2023  ވާ ބުދަ  ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ވޮލީކޯޓް ނުނިމިހުރި މަސައްކަތް ކުރުމަށް އެދި   " މިހެން ލިޔެފައި އޮންނަން ވާނެއެވެ.  އަދި މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.  އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

 

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

80%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

މުއްދަތު

10%

v     މުއްދަތަށް ދެވޭ މާރކްސް

v     މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted

 

ތަޖުރިބާ

10%

v     ތަޖުރިބާ ގެ ލިޔުންތައް ހުށަހަޅާފައިވާނަމަ ( ޕްރޮފައިލް )

-        މަސައްކަތާ ގުޅުންހުރި ކޮންމެ ޕްރޮޖެކްޓަކަށް 5 މާރކްސް އެންމެ ގިނައިން ލިބޭނީ (50 މާރކްސް)

-        ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 5 ލައްކައާއި 1 މިލިޔަން ރުފިޔާއާއި ދެމެދުނަމަ ( 30 މާރކްސް )

-        ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 1 މިލިޔަން ރުފިޔާއަށްވުރެ މަތިނަމަ ( 50 މާރކްސް )

-        ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 5 ލައްކަ ރުފިޔާއަށްވުރެ ދަށް    ( 10 މާރކްސް )

-        ހުށަހަޅާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން މުއްދަތު އިތުރުވުމުގެ ސަބަބުން ނުވަތަ އެހެންސަބަބަކާހުރެ ޖޫރިމަނާއެއް އައިސްފައިވާނަމަ އެފަދަ ކޮންމެ ޕްރޖެކްޓަކަށް 3 މާރްކުސް އުނިކުރެވޭނެ އެވެ.

-        ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ ހަމައެކަނި ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މަސައްކަތްތަކެވެ.

X*10% 

 

ޖުމްލަމާރކްސް = X

 2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް

v    އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

 

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :          6600005

          އީ . މެއިލް :          [email protected]

        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.                                     

08 ޖަނަވަރީ 2023
ހޯދާ