ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސްއެމްއީ ހަބްގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ކިއޮސްކްތަކަށް އެދި ދަފްތަރުވުމުގެ ފުރުސަތު

 

މި ކޯޕަރޭޝަނުން ހިންގަމުންގެންދާ "އެސްއެމްއީ ހަބް"ގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށް ހާއްސަކޮށްގެން ކުއްޔަށް ދޫކޮށްފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުން ގެންދާތީ، ކުރިއަށް އޮތް ތަނުގައި ހުސްވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމަށްޓަކައި ފުރުސަތު ހުޅުވައިލަމެވެ.

އެގޮތުން، ކުރިއަށް އޮތް ތަނުގައި ހުސްވާ ކިއޮސްކުތައް ކުއްޔަށް ދިނުމަށް ފުރުސަތު ދެވޭނީ ދެންނެވުނު ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

 

މި ކިއޮސްކުތައް ކުއްޔަށް ހިފުމަށް  ދަފްތަރުވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ތިރީގައިވާ އޮންލައިން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.  

https://forms.office.com/r/6fUr60JW2s

ކިއޮސްކު ކުއްޔަށް ދޫކުރާ އަގުތަކާއި، އެހެނިހެން މައުލޫމާތު މި އިޢުލާނާއިއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

07 ޖަނަވަރީ 2023
ހޯދާ