މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ޓޮޔޯޓާ ދެ ލޮރީ ސިޓީލާ ނީލަމުގައި ވިއްކާލުން:

ބޭނުންނުކުރެވޭވަރަށް ބައުވެ ހަލާކުވެފައިވާ ދެ ލޮރީ، ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.  މި ނީލަން ފެށޭ ތާރީޚަކީ 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަސްކަމުގައި ދަންނަވަމެވެ. އަދި މި ތަކެތި ބެހެއްޓިފައި ހުންނާނީ އެމްޓީސީސީގެ ކުރީގެ ވިލިނގިލި މާލެ ފެރީ ޓާރމިނަލް ކުރިމަތީގަ ގައެވެ.

 އުޅަނދާއި ބެހޭ މަޢުލޫމާތު

ނީލަން ނަންބަރު

ތަކެތީގެ ތަފްސާލް

ބާވަތް

އޮތްތަން

ނީލަން ފެށޭއަގު

މަދުވެގެން އިތުރު ކުރެވޭނެވަރު

S-05/2022

ޓޮޔޯޓާ ލޮރީ –  C1A1086

ލޮރީ

ކުރީގެ ވިލިނގިލި މާލެ ފެރީ ޓާރމިނަލް ކުރިމަތި

 10،000.00 ރ

1،000.00 ރ

S-06/2022

ޓޮޔޯޓާ ލޮރީ –  C2A1250

 10،000.00 ރ

1،000.00 ރ


އުޅަނދުގެ ހާލަތު ބެލުން

  1. އުޅަނދުގެ ފެންވަރާއި ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ.
  2. މި އުޅަނދު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އެމްޓީސީސީ ހޮޓްލައިން 1650 އަށް ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ގުޅުއްވުމުން ބެލުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމުގައި ދަންނަވަމެވެ.

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން

ނީލަމުގައި ބައިވެރިވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮސިޓް ދެއްކުމަށްފަހު ސިޓީލާ ނީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.  ޑިޕޮސިޓްގެ ގޮތުގައި ކޮންމެ ނީލަމަކަށް 2،000.00ރ ( ދެހާސް ރުފިޔާ ) ދައްކަންވާނެއެވެ. ޑިޕޮސިޓް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް، އެމްޓިސީސީގެ ބީ.އެމް.އެލް އެކައުންޓް ނަންބަރު 003-100668-7701 އަށެވެ.

ނީލަން ކުރިއަށްދާނެ ގޮތް

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކުން އަގުހުށަހަޅަން ވާނީ އެމްޓީސީސީ ސޯމިލް ގައި ބަހައްޓާފައިވާ ފޮށްޓަށެވެ.

ކޮންމެ ދުވަހެއްގައި އެ ދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ މެންދުރު 12:00 ގައި މިކުންފުނީގެ ނޯޓިސްބޯޑްގައި ޝާއިއުކުރެވޭނެއެވެ.

ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 2 ދުވަސް ވޭތުވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިމޭނެއެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން ފައިސާ ދެއްކުމާއި ޑިޕޮސިޓް ފައިސާ އަނބުރާ ދިނުން

ނީލަން ކާމިޔާބުކުރާ ފަރާތުން ތަކެތީގެއަގު ދައްކާ ހަލާސްކުރާނީ ޑިޕޮސިޓް ފައިސާ އުނިކުރުމަށްފަހުއެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތުން 24 ގަޑިއިރު ތެރޭގައި ފައިސާ ނުދައްކައިފިނަމަ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓިފައިވާ ފައިސާ އަނބުރާ ރައްދުކޮށް ނުދެވޭނެއެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުވި ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ރައްދުކުރެވޭނެއެވެ.

ނީލަން ކާމިޔާބުވި ފަރާތުން ނީލަން ނިމޭތާ 24 (ސައުވީސް) ގަޑިއިރު ތެރޭގައި ފައިސާ ދެއްކުމަށްފަހު ގިނަވެގެން 2 (ދެ) ދުވަސްތެރޭގައި ނީލަމުގައި ބައްލަވައިގަތް ތަކެއްޗާއި ހަވާލުވެ ގެންދަންވާނެ އެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު ނީލަމުގައި ބައްލަވައިގަތް ތަކެތި ނުގެންގޮސްފިނަމަ، އަލުން ނީލަން ކިއުން ނުވަތަ ނައްތާލުމުގެ އިޙްތިޔާރު އެމްޓީސީސީ އަށް ލިބިގެންވެއެވެ.

އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 1650 ފޯނާ ގުޅުއްވުން އެދެމެވެ.

07 ޖަނަވަރީ 2023
ހޯދާ