އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އިއުލާން - ރީހެބިލިޓޭޓް ނުކުރެވޭ ވެލާ ކަހަނބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދައާއި ގުޅޭ

އިޢުލާން

 ދިވެހިރާއްޖޭގައި ދިރިއުޅޭ ވެލާކަހަނބުތަކުގެ ތެރެއިން އެކި ބާވަތުގެ އަނިޔާ ލިބުމުގެ ސަބަބުން ނުކުޅެދުންތެރިކަން ލިބިފައިވާ، އަލުން އަނބުރާ އޭގެ ޤުދުރަތީ މާހައުލަށް ދޫނުކުރެވޭ ވެލާ ކަހަނބު ރާއްޖެއިން ބޭރުގެ 'އެކުއޭރިއަމްތަކަށް' އެކްސްޕޯޓުކުރުމަށް މި އެޖެންސީއިން ދޫކުރަމުންއައި ޚާއްސަ ހުއްދަ، ވެލާ ކަހަނބުގެ މެނޭޖްމަންޓް ޕްލޭން ގެޒެޓްކުރެވެންދެން ވަގުތީގޮތުން މެދުކަނޑާލެވިފައިވާކަން އަންގާ އިއުލާންކުރަމެވެ.  

ވީމާ މިކަމާގުޅޭގޮތުން ވަކިގޮތެއް ނިންމައި މިއެޖެންސީއިން އަންގައި އިޢުލާން ކުރަންދެން، ކުރިން ބަޔާންކޮށްފައިވާ ޚާއްސަ ހުއްދަ ދިނުން ހުއްޓާލާފައިވާކަން މިމަސައްކަތާ ގުޅުންހުރި ހުރިހާ ފަރާތެއްގެ ސަމާލުކަމަށް ދަންނަވަމެވެ.  

12 ޖުމާދަލްއަޚިރާ 1444. ހ

05 ޖަނަވަރީ 2023
ހޯދާ