ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ލައިޓު އަދި ބަނދަރު ލައިޓު މަރާމާތްކޮށް ފަރާތެއް ބޭނުން ވެއްޖެ

ރަށުގެ މަގުތައް އަލި ކުރުމައްޓަކައި އެކި ސަރަޙައްދުގައި ޖަހާފައިވާ ލައިޓުތައް އަދި ބަނދަރު ލައިޓްތައް މަރާތްކޮށް ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި އިދާރާއިން ތަކެތި ފޯރުކޮށްދިނުމުން  1 އަހަރު ދުވަހުގެ މުއްދަތަށް ލައިޓުތައް މަރާމާތްކޮށް ބަލަހައްޓާދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 12 ޖަނަވަރީ 2023 ވަނަ ބުރާސްފަތި ދުވަހުގެ 13:00 ގައި އޮންނަ މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ.

ވީމާ، މަގުމަތީ ލައިޓް އަދި ބަނދަރު ލައިޓް މަރާމާތްކޮށް ބަލަހައްޓައި ދޭން ޝައުޤުވެރިކަން ހުރި ފަރާތްތަކުން 12 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހު 13:00 އަށް އިދާރާގައި މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު 18 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ބިޑް ހުށައެޅުމަށް ދަންނަވަމެވެ. ގަޑި ޖެހިގެން ހުށައަޅާ އެއްވެސް ހުށައެޅުމެއް އަދި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށައަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރުމަ އުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 4002625 ފޯނަށް ގުޅުވުން އެދެމެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

14 ޖުމާދަލްޢާޚިރާ 1444

5   ޖަނަވަރީ   2023

05 ޖަނަވަރީ 2023
ހޯދާ