ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯތީގެ ގުރުއަތު ނެގުން

ނަންބަރ: (IUL)258/258/2023/2             

 

އިޢުލާން

    

ހަނިމާދޫ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯތީގެ ގުރުއަތު ނެގުން.

 

 

            ހަނިމާދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރި މިކައުންސިލްގެ ނަބަރު: (IUL)258/258/2022/13 (17 ފެބުރުއަރީ 2022) ޢިޢުލާނާއި ޙަވާލާދީ ދަންވަމެވެ.

              ބަންޑާރަގޯތި ލިބޭ 200 ފަރާތުގެ މެދުގައި ގޯތި ނަންބަރު ކަނޑައެޅުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުން 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި އޮންނާނެއެވެ.

 

  • ގުރުނަގަމުން ގެންދާނީ ކައުންސިލުން ޢާއްމުކޮށްފައިވާ "ހަނިމާދޫއިން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގެ" ތަރުތީބުން ކޮންމެ ގޯއްޗަކަށް ދެވިފައިވާ ނަންބަރު ލިޔެފައިވާ ކަރުދާސްތައް އެކަމަށް ޚާއްސަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު ނެގޭ އެއްގަނޑުކޮޅުންނެވެ.
  • ގުރުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަވާނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނެ ސިޓީއަކާއި ފޮނުވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
  • ގުރުނަގަން ޙާޒިރުނުވާ ފަރާތްތަކުގެ ގުރުނަގާނީ އެންމެ ފަހުންނެވެ. އަދި މިގުރުތަށް ނަގާނީ ވިލަރެސް ކޮމެޓީން ކަނޑައަޅާ ފަރާތެކެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

13 ޖުމާދަލްއާޚިރާ 1444

05  ޖަނަވަރީ   2023

05 ޖަނަވަރީ 2023
ހޯދާ