މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވޭޖް)

 ނަންބަރު:(IUL)322-A/322/2023/2

އިޢުލާން

 

ވަޒީފާގެ ފުރުސަތު

 

ކައުންސިލް އެސިސްޓެންޓް (މަސައްކަތު)

މަޤާމް:

02(ދެއެއް)

ބޭނުންވާ އަދަދު:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން)

މަޤާމުގެ ގިންތި:

ވަޒީފާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 06 މަސްދުވަހަށް.

މުއްދަތު:

ގަޑިއިރަކަށް -/38 ރުފިޔާ

މަޤާމުގެ މުސާރަ:

އިތުރުގަޑީގެ ފައިސާ . ގަޑިއިރަކަށް -/38 ރުފިޔާ

އެލެވަންސް:

  1. ރަށުގެ ގޭބީސީތަކުގައި އުފެދޭ ފަނާވާ، އަދި ފަނާނުވާ ޒާތުގެ ކުނި ވަކިވަކިން ނަގައިގެން ކުނިކޮށްޓަށް ގެންދިއުން.
  2. ކުނިކޮށްޓަށް ގެންދެވޭ ކުނި ( ދަޅު، ފުޅި، ޕްލާސްޓިކް، ބިއްލޫރި، ދަގަނޑު.....) ކުނިމެނޭޖު ކުރުމުގައި ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ވަކިކޮށް ކުނިކޮށީގައި ބެލެހެއްޓުމާއިއެކު، ފަތްކުނި އަދި އަނދާޒާތުގެ އެހެނިހެން ކުނި، ކަނޑައެޅިފައިވާ ސަރަހައްދުގައި އެންދުން.
  3. ކުނިކޮށި އަދި ކުނިއަންދާ ސަރަޙައްދު ވިނަނޮޅައި ސާފުކުރުމާއި، ފަނާނުވާ ޒާތުގެ ކުނި ވަކިކޮށް ބެލެހެއްޓުން.
  4. ރަށުގެ އިޖްތިމާއީ ސަރަހައްދު ވިނަނޮޅާ ކުނިކަހާ، ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުރުން.
  5. ރަށުތެރޭގައި ބެހެއްޓިފައިވާ ޑަސްބިންތައް ހުސްކޮށް ސާފުކޮށް ބެލެހެއްޓުން.
  6. ރަށުން ކުނިބޭރުކުރާ ދުވަސްތަކުގައި އެމަސައްކަތުގައި އުޅުން.
  7. ދިމާވާ ކުއްލިހާލަތްތަކުގައި، ކުނި މެނޭޖުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ކައުންސިލްގެ މަޝްވަރާގެ މަތިން މަސައްކަތަށް ނުކުތުން.
  8. މީގެ އިތުރުންވެސް، ކުނިމެނޭޖުކޮށް ބެލެހެއްޓުމާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  9. ސިއްރު ހިފެހެއްޓުން.
  10. މަތީގައި ދެންނެވިފައިވާ ކަންކަމުގެ އިތުރުންވެސް ކައުންސިލުން ހިންގާ ޚާއްސަކަންކަމުގައި ކައުންސިލުން އެދެފިނަމަ ބައިވެރިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދިވެއްސަކަށްވުން

2. ލިޔަންކިޔަން އެނގުން.

3. އުމުރުން 18 އަހަރު ފުރި 60 އަހަރު ފުރިފައިނުވާ މީހަކަށް ވުން.

4. ހަފްތާގެ 6 ދުވަހު، ދުވާލަކު 5 ގަޑިއިރު މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (ރަސްމީ ގަޑީގައި މިއިދާރާއިން ލިބެންހުންނާނެ)
  2. އައިޑީ ކާޑުގެ ސާފު ކޮޕީ. (ދެފުށުގެ)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލޔުންތަކުގެ ކޮޕީ.

(ހ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖެނުއަރީ 2023 ގެ 14:00 ގެ ކުރިން، ބ. ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް ކުރައްވާނަމަ ސުންގަޑީގެ ކުރިން  އީމެއިލް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް ކުރައްވާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 19 ޖެނުއަރީ 2023 އާއި 24 ޖެނުއަރީ 2023 އާ ދެމެދު، ބ. ހިތާދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600007 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

 

12 ޖުމާދަލްއާޚިރާ 1444 ހ.

04 ޖަނަވަރީ 2023
ހޯދާ