ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރޝިޕްއާއި ބެހޭ

މި އެސޯސިއޭޝަންގެ އާންމު މެމްބަރަކަށް ވުމަށް ބޭނުންވާ ފަރާތްތަކަށް 01 ޖުނުއަރީ 2023އިން ފެށިގެންވަނީ މެމްބަރޝިޕް ހުޅުވާލާފައެވެ. މި އެސޯސިއޭޝަންގެ ފަރުދީ މެމްބަރުން ރެޖިސްޓްރީވުމުގެ ފީ އަކީ 50 (ފަންސާސް) ރުފިޔާއެވެ. އަދި އަހަރީ ޗަންދާއަކީ އަހަރަކު 100 (ސަތޭކަ) ރުފިޔާއެވެ. މެމްބަރޝިޕަށް އެދޭ ފޯމް ދޫކުރުމާއި ފީ ބަލައިގަތުން ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް މި އެސޯސިއޭޝަނުންނެވެ. ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ސީ.އޭ.އެމް އަށް ފީ ދެއްކުން އެދެމެވެ. މި މުއްދަތުގައި ޗަންދާ ނުދައްކާ ފަރާތްތަކުގެ ޗަންދާ ބަލައިގަނެވޭނީ 20 (ވިހި) ރުފިޔާގެ ޖޫރިމަނާއާއެކުގައެވެ.

އޮންލައިންކޮށް އަހަރީ ޗަންދާ ދެއްކުމަށް:

އެކައުންޓް ނަމްބަރ: 7701172855001 (ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް)

ޓްރާންސްފަރ ސްލިޕް ވައިބަރ ނަމްބަރ: 7981501

04 ޖަނަވަރީ 2023
ހޯދާ