އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް އޯޝަނޮގްރަފިކް އޮބްޒާވަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
 

މަޤާމު

އެސިސްޓެންޓް އޯޝަނޮގްރަފިކް އޮބްޒަރވަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 3 ، އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/4,465 ރުފިޔާ                             ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

އިތުރުގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ / އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ތިމާވެށްޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އީ.އައި.އޭ ހެދުމަށް މަޝްރޫޢުތައް ހިންގާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުން، ސްކޯޕިންގް މީޓިންގ ރާވާ، އެމީޓިންގތަކުގެ ޔައުމިއްޔާ ލިޔުން އަދި ސްކޯޕިންގ މީޓިންގއަށް ބިނާކޮށް އީ.އައި.އޭގެ ޓާރމްސް އޮފް ރިފަރެންސް ތައްޔާރުކުރުން.
  2. އީ.އައި.އޭ / އައި.އީ.އީ ރިޕޯޓުތައް ހުށަހެޅުމުން އިވަލުއޭޓަރުންނާ ޙަވާލުކުރުން އަދި ރިޕޯޓުތައް ވެބްސައިޓަށް އަޕްލޯޑް ކުރުން އަދި ވެރިންގެ ލަފާގެ މަތިން ވަޒަންކުރެވޭ އީ.އައި.އޭ / އައި.އީ.އީ ރިޕޯޓުތަކުގެ ޑިޒިޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން، އަދި ޑިޒިޝަން ސްޓޭޓްމަންޓް ވެބްސައިޓަށް އަޕްލޯޑް ކުރުން އަދި ޑޭޓާބޭސް އަޕްޑޭޓް ކުރުން.
  3. އީ.އައި.އޭ ހަދަންޖެހޭތޯ ނުވަތަ ނޫންތޯ ބެލުމަށް މަޝްރޫޢުތައް ހިންގާ ފަރާތްތަކުން ހުށަހަޅާ ސްކްރީނިންގ ފޯމުތަކަށް ވެރިންގެ ލަފާގެ މަތިން ސްކްރީނިންގ ޑިޒިޝަން ތައްޔާރުކުރުން.
  4. މޮނިޓަރިންގ ދަތުރުތައް އިންތިޒާމްކޮށް، ދަތުރުތަކުގައި ބައިވެރިވެ، މޮނިޓަރިންގ ރިޕޯޓުތައް ތައްޔާރުކުރުމާއި އެކި ދާއިރާތަކުންކުރާ އިންސްޕެކްޝަން ދަތުރުތަކުގައި ބައިވެރިވެ މަޝްރޫޢުތައް ކުރިއަށްދަނީ ތިމާވެށީގެ ޤާނޫނާ އެއްގޮތަށްތޯ ބަލައި، އަދި އީ.އައި.އޭ ނުހަދައި އެއްވެސް މަޝްރޫޢުއެއް ކުރިއަށްދޭތޯ ބަލައި އިންސްޕެކްޝަން ރިޕޯޓު ތައްޔާރުކުރުން.
  5. އީ.އައި.އޭގެ ލިޔުންތައް ތަރުތީބުކުރުމާއި ބެލެހެއްޓުން (ސްކްރީނިންގ ފޯމު، އެޕްލިކޭޝަން ފޯމު، ޕްރޮޖެކްޓް ބްރީފް، ޓާރމްސް އޮފް ރިފަރެންސް، އީ.އައި.އޭ / އައި.އީ.އީ ރިޕޯޓުތަކާއި ސީ.ޑީތައް، ޗެކްލިސްޓް، ރިވިއު ފޯމު ޑިޒިޝަން ސްޓޭޓްމަންޓް، ސްކޯޕިންގ ޔައުމިއްޔާ، މޮނިޓަރިންގ އަދި އިންސްޕެކްޝަން ރިޕޯޓުތައް، އީ.އައި.އޭ ކޮންސަލްޓަންޓުން ރެޖިސްޓަރ ކުރުމާގުޅޭ ލިޔެކިޔުމާއި ރެޖިސްޓްރޭޝަން ސެޓްފިކެޓްތައް އަދިވެސް ސެކްޝަނަށް އަންނަ ސިޓީތަކާއި އެހެނިހެން ލިޔުންތައް)
  6. ގާނޫނާއި ގަވާއިދުތަކާއި ޙިލާފުވެގެން ހުށަހެޅޭ ޝަކުވާތައް ބަލައިގަނެ އެކަންކަން ބެލެހެއްޓުމަށްޓަކައި އެހީތެރިވުން.
  7. ޝަކުވާ ތަކާއި ގުޅިގެން އެތަންތަން ބެލުމަށް ކުރަންޖެހޭ އިންސްޕެކްޝަން ކުރުމުގައި ބައިވެރިވުން.
  8. މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އެޖެންސީގެ ނަންބަރު 3335949  އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  2. ދިވެހި ބަހާއި، އިނގިރޭސި ބަހުން މުއާމަލާތުކުރުމަށް އެނގުމާއެކު، ފަރިތަކަމާއެކު ސިޓީފަދަތަކެތި ލިޔަން ދަންނަ ފަރާތަކަށް ވުން.
  3. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއެޖެންސީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ  (އެކްރެޑިޓް ކުރެވިފައިވާ)  ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް،
  • މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 1 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

04 ޞަފަރު 1436

26 ނޮވެންބަރު 2014
ހޯދާ