ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބުރުނީ ސްކޫލް

ތ.ބުރުނި، ދިވެހިރާއްޖެ 

ތ.ބުރުނީ ސްކޫލްގެ ސެކިއުރިޓީ 01 އަހަރު ދުވަހަށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގެ ނަންބަރު: GS-176/IUL-B/2022/03 (25 ޑިސެމްބަރ 2022) އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ހަމަ ނުވުމާއި ދެވިފައިވާ މަޢުލޫމާތު އިސްލާޙް ކުރަންޖެހޭތީ، ހަވާލާ ދެވިފައިވާ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ޖަނަވަރީ 08 ން 2023 ޖަނަވަރީ 11 ގެ 14:00 ގެ ނިޔަލަށް ބުރުނީ ސްކޫލްގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖަނަވަރީ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީއަކުން މިސްކޫލަށް ފޮނުއްވުންއެދެމެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 17 ވަނަ ދުވަހުގެ 13:30 ގައިބުރުނީ ސްކޫލްގެ މީޓިންގ ހޯލްގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނީ ސްކޫލް

ތ.ބުރުނި، ދިވެހިރާއްޖެ 

ފޯން:  6780551

އީ-މެއިލް: [email protected]

 

26 ޖުމާދުލްއާޙިރް 1443  

04 ޖަނަވަރީ 2023

04 ޖަނަވަރީ 2023
ހޯދާ