ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށްޓަކައި ފީނެގުމާ ގުޅޭ

އިޢުލާން

                  ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު ނަންބަރު /R-181 2022  (30 އޮކްޓޯބަރ 2022)ގެ 5 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ (ހ) އާއި ގުޅިގެން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގަކީ އަކަފޫޓަކަށް -/50ރ (ފަންސާސް ރުފިޔާ) ކަމަށާއި ފައިސާ ދައްކާ ޙަލާޞްކުރުމަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ދިނުމަށް ކަނޑައަޅައި، މި ފައިސާ 29 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހޯރަފުށީ ކައުންސިލްގެ އާމްދަނީ އެކައުންޓަށް ބަލައިގަތުމަށް، ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 54 ވަނަ ޢާންމު ޖަލްސާއިންވަނީ ނިންމާފައެވެ.

                  ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

                  12 ޖުމާދަލްއާޚިރާ 1444

 

04 ޖަނަވަރީ 2023
ހޯދާ