ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އައި.ޓީ ޓެކްނީޝަން

 

މަޤާމު:

އައި.ޓީ ޓެކްނީޝަން  

ބޭނުންވާ ޢަދަދު: 1

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

ނޯޓު:

މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG5/24)

  ގައިވާ ޝަރުތު ފުރިހަމަވުމުނެވެ (ޑިގްރީ ނުވަތަ މާސްޓަރ ލެވެލްގެ ސެޓްފިކެޓު ހުށަހެޅިކަމުގައި ވިޔަސް އެ ސެޓްފިކެޓުތަކަށް މާކްސް ދެވޭނީ ADG5/24 ގައިވާ ޝަރުތު ފުރިހަމަވުމަށްފަހު އެޝަތުގައި ބަޔާން ކުރާ ސެޓްފިކެޓު ހުށަހެޅުމުންނެވެ)

 

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އައި.ޓީ ޓެކްނީޝަން  

ADG5/24

 

 މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން

7151.26 ރުފިޔާ

3064.83 ރުފިޔާ

ADG5/25

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 24 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން

7372.44 ރުފިޔާ

3159.62 ރުފިޔާ

ADG5/26

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 25 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

7600.45 ރުފިޔާ

3257.34 ރުފިޔާ

ADG5/27

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 26 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

7835.52 ރުފިޔާ

3358.08 ރުފިޔާ

ADG5/28

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 27 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8077.85 ރުފިޔާ

3461.94 ރުފިޔާ

ADG5/29

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 28 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8327.68 ރުފިޔާ

3569.01 ރުފިޔާ

ADG53/30

 

  އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 29 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8585.24 ރުފިޔާ

3679.39 ރުފިޔާ

ADG53/31

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 30 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

 

 

8850.77 ރުފިޔާ

3793.19 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޔުނިވަރސިޓީ ގައި ބޭނުންކުރާ ކޮމްޕިއުޓަރ އަދި ލެޕްޓޯޕްތައް ސެޓަޕްކޮށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން
  • ކޮމްޕިޓަރ ހާޑްވެއާރއަށް (ހާޑް ޑިސްކް، މައުސް، ކީބޯޑް، ކޮމްޕިއުޓަރ ފޯމެޓްކޮށް އަދި އެހެނިހެން އާލާތްތަކަށް) ދިމާވާ މައްސަލަތައް ޑައިގްނޯސް ކުރުން.
  • ވައިރަސް ކްލީންކޮށް ޔުނިވަރސިޓީން ގެންގުޅޭ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން
  • ފެކަލްޓީގެ ކްލާސްތަކާއި ލެބް ތަކުގައި ކްލާސްތައް ނެގޭނެގޮތަށް ކޮމްޕިޔުޓަރތަކަށް ބޭނުންވާ ސޮފްޓްވެޔަރތައް އަޅައި، މައްސަލަޖެހޭތޯ ތަރުތީބުން ބަލަމުން ގެންދިއުމާއި އަބަދުވެސް މިތަންތަން ކްލާސްތައް ނެގޭގޮތަށް ބެހެއްޓުމާއި މައްސަލަޖެހޭތޯ ބަލާ، ޖެހޭ މައްސަލަތައް ހައްލުކުރުން. އަދި ސައުންޑް ސިސްޓަމް ބޭނުންވާ ތަންތަނުގައި ރަގަޅަށް ސިސްޓަމްތައް މަސައްކަތް ކުރޭތޯ ބަލާ، މައްސަލަ އުޅޭނަމަ ރަގަޅުކުރުން
  • ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން، ނެޓްވަރކް ބޭނުންވާނެ ތަންތަނަށް ނެޓްވަރކް އެޅުން، ނެޓްވަރކް ސްވިޗެއް، ކޭބަލެއް ނުވަތަ ފޭސްޕްލޭޓް ސެޓްކުރުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން
  • އައި.ޓީ. އާއި ގުޅުންހުރި ތަކެތި ގަތުމުގައި ލަފާދިނުން
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން

އުޖޫރައާއި ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 12 ޖަނަވަރީ 2023 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 13 ޖަނަވަރީ 2023 އިން 13 ފެބްރުއަރީ 2023  އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
04 ޖަނަވަރީ 2023
ހޯދާ