ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ސީލިންގ މަރާމާތު ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ބައެއް ތަންތާނގެ ސީލިންގ މަރާމާތު ކުރުމަށް ބޭނުންވެއެވެ.

1. މަސައްކަތުގެ ތަފުސީލު:

އޮފީސް އިމާރާތް

  •  ދެކޮޅު ކުކުޅުވަހީގައި މިހާރު ޖަހާފަހުރި 2 ނަލަފިލާ ނައްޓާލައި އައު ލަކުޑިފިލައާއި ސިމެންތިފިލާ ޖެހުން.
  •  އިމާރާތުގެ އަސްކަނީގެ 4 ކަން ސީލިންގ ކުރުން.

ހޯލް އިމާރާތް

  • ހުޅަނގުކޮޅު ކުކުޅުވަހީގައި މިހާރު ޖަހާފައިހުރި ދެ ނަލަފިލާ ނައްޓާލައި އައު ލަކުޑިފިލައާއި ސިމެންތިފިލާ ޖެހުން.
  • އިމާރާތުގެ އަސްކަނި ސީލިންގ ކުރުން. (11 ގޮޅި)

ތިން ކްލާސްރޫމް އިމާރާތް

  • އިރުމަތީކޮޅު ކުކުޅުވަހީގައި މިހާރު ޖަހާފައިހުރި ނަލަފިލާ ނައްޓާލައި އައު ލަކުޑިފިލައާއި ސިމެންތިފިލާ ޖެހުން.
  • އިމާރާތުގެ އަސްކަނި ސީލިންގ ކުރުން. (6 ގޮޅި)

ދެ ކްލާސްރޫމް އިމާރާތް

  • ހުޅަނގުކޮޅު ކުކުޅުވަހީގައި މިހާރު ޖަހާފައިހުރި ނަލަފިލާ ނައްޓާލައި އައު ލަކުޑިފިލައާއި ސިމެންތިފިލާ ޖެހުން.
  • އިމާރާތުގެ އަސްކަނީގެ 4 ކަން ސީލިންގ ކުރުން.

އިރުމަތީ ފާޚާނާ ބަރި

  • އިރުމަތިފަރާތުގެ އަސްކަނި ސީލިންގ ކުރުން. (3 ގޮޅި)

ހަ ކްލާސްރޫމް އިމާރާތް

  • އިރުމަތީކޮޅު ކުކުޅުވަހީގައި މިހާރު ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި އައު ލަކުޑިފިލައާއި ސިމެންތިފިލާ ޖެހުން.
  • އިމާރާތުގެ އަސްކަނީގެ ހަތަރުކަން ސީލިންގ ކުރުން.

މަރާމާތުކުރި ތަންތާންގައި ކުލައާއި ދަވާދުލުން

  • ނަލަފިލާގައި 2 ކޯޓް މޮޅު ދަވާދުލުން. (ފެހިކުލަ)
  • ސީލިންގގައި ކުލަލުން. (ހުދުކުލަ)

2. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  ހ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

  ށ. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

  ނ. އަންދާސީހިސާބުގައި މަސައްކަތް ނިންމައިދޭނެ މުއްދަތު ބަޔާންކުރަންޖެހޭނެއެވެ.

3. ޕޮއިންޓް ދޭނެގޮތް:

  • 80 ޕޮއިންޓް އަގަށް: އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް
  • 10 ޕޮއިންޓް މުއްދަތަށް: އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް
  • 10 ޕޮއިންޓް ތަޖުރިބާ: ދައުލަތުގެ މުއައްސަސާތަކަށް މިފަދަ މަސައްކަތް ކޮށްދީ، އެންމެ ރަނގަޅަށް ޚިދުމަތް ފޯރުވައިދިނުމަށް އެންމެ ގިނަ ޕޮއިންޓް

4. ހުށަހަޅަންޖެހޭ ތަކެތި:

   ހ. ކުންފުންޏަކުން ނުވަތަ ޕާޓްނަރ ޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، އަދި ކުންފުނީގެ ޕްރޮފައިލާއި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރިކަމުގެ ލިޔުމުގެ ކޮޕީ، އަމިއްލަ ފަރާތްތަކުން ހުށަހަޅާނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.

   ށ. ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މިބާވަތުގެ ޚިދުމަތެއް ފޯރުވައިދީފައިވާ ފަރާތްތަކުން، ޚިދުމަތަކާ ގުޅޭގޮތުން ލިބިފައިވާ ލިޔުންތައް. (ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި މިބާވަތުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ.)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަތީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން 09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00އަށް އަންދާސީހިސާބާއެކު ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 7870146، 6600136 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

04 ޞަފަރު 1436

26 ނޮވެންބަރު 2014
ހޯދާ