ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

މަޤާމު:

ވޮޗަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 3,100.00ރ

ސަރވިސް އެލަވަންސް:

މަހަކު 1,000.00  ރ

އޮފީސް:

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 820.00 ރ

ކްލެސިފޭކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:

އެސް.އެސް 1

މަޤާމުގެ ޝަރުޠު:

 

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަގާމެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިއުޓީ ކުރަންޖެހޭ ބުލޮކެއްގެ އިމާރާތާއި ގޯތިތެރެއާއި އެސަރަޙައްދުގައިވާ ތަކެތި ބެލެހެއްޓުން.
  • ޑިއުޓީ ކުރަންޖެހޭ ބްލޮކެއްގައި ހުންނަ އޮފީހުގެ ޚިދުމަތް ހޯދުމަށް އަންނަ މީހުން ފިޔަވައި އެހެން މީހުން ކަމާބެހޭ ވެރިއެއްގެ ހުއްދައެއްނެތި އެތަނަށް ނުވެއްދުން.
  • އިމާރާތާއި ގޯތި ތެރޭގައިވާ ދިއްލުންތައް ހަމަޖެހިފައި އޮންނަ އުސޫލުން ދިއްލައި ނިއްވުން.
  • ވޮޗަރުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވާ ލެއްޕުން (ގޭޓް ކަނޑައެޅިފައިވާ ގަޑިތަކުގައި ހުޅުވައި ލެއްޕުން).
  • ތަނުގައި ދިމާވާ މައްސަލަތައް ގަވާއިދުން ހިނދުން ހިނދަށް ކަމާބެހޭ ވެރިންނަށް ރިޕޯޓުކުރުން.
  • އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުން
  • ސަލާމް ބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

08 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެގެ މެންދުރު 12:00ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

 

އިތުރު މަޢްލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

01 ޑިސެންބަރު 2014
ހޯދާ