ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ލޭބަރަރ (ވަގުތީ) މަޤާމަށް ކުރެވުނު (IUL)KACL-KDO/2022/11 އިޢުލާނަށް ފުރިހަމަ ތަރުޙީބު ލިބިފައި ނުވާތީ އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ލޭބަރަރ (ވަގުތީ)

ބޭނުންވާ އަދަދު

04 (ހަތަރެއް)

މަސައްކަތް ކުރަންޖެހޭ ތަން، މުއްދަތު:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ. ކައްދޫ
2 މަސް ދުވަސް.

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، ލިޔަންކިޔަން ދަތުން.
  • މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ޞިއްޙަތެއްގައި ހުރުން.

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ  -/3000 ރުފިޔާ
  • ސަރވިސް އެލަވަންސް -/6634 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓު (3 މަސް ހަމަނުވާ)
  • ޕާސްޕޯޓް ސައިޒު ފޮޓޯ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)

 

ސުންގަޑި:

2023 ޖެނުއަރީ 05 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ 03 (ތިނެއް) ދުވަސް ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީހަށެވެ.
03 ޖަނަވަރީ 2023
ހޯދާ