ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

އިޢުލާން

 

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 5,437.50ރ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އޯޕަންލާރނިންގ

ދާއިރާ:

އިސްލާމިކް ސްޓަޑީޒް

ރޭންކް:

2

މަޤާމުގެ ޝަރުޠު:

 

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް  7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 11,374.40 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 4,874.74 ރ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އޯޕަންލާރނިންގ

ދާއިރާ

އިސްލާމިކް ސްޓަޑީޒް

ރޭންކް:

1

މަޤާމުގެ ޝަރުޠު:

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް  7 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަސްއޫލިއްޔަތު:

  1. ފެކަލްޓީއިން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން.
  2. ޓިއުޓޯރިއަލް އާއި ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުން.
  3. ރިސާޗް މަސައްކަތްކުރުން.
  4. ފަންނީ ޙަރަކާތްތަކުގައި ބައިވެރިވުން.
  5. ކިޔަވައިދޭ މާއްދާތަކުގެ އިމްތިހާނު ތައްޔާރު ކުރުމާއި މާކުކުރުމާއި އެސެސްކުރުމާއި އިންވިޖިލޭޓް ކުރުން.
  6. ކިޔަވައިދޭ މާއްދާތަކާގުޅޭ އިދާރީ މަސައްކަތް ކުރުން.
  7. ދަރިވަރުންނާއެކު މަޝްވަރާ ބޭއްވުން.
  8. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.
  9. މާއްދާ ކޯޑިނޭޓްކުރުން.
  10. މަރުކަޒު އަދި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުމާއި ރޭވުމުގެ މަސައްކަތުގައި ބައިވެރިވުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

  • މި މަޤާމަށް ހޮވާ ކެންޑިޑޭޓަކީ ޢަރަބި މީޑިއަމްއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ކެންޑިޑޭޓަކަށް ވާންވާނެއެވެ.
  • އިސްލާމިކް ސްޓަޑީޒް، އިސްލާމީ ތާރީޚު، އަރަބި ބަސް، ޤުރުއާން، މީގެ ތެރެއިން ވީހާ ގިނަ މާއްދާތައް ކިޔަވައިދެވޭ ފަރާތްތަކަށް އިސްކަންދެވޭނެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • މި އިޢުލާނާ ގުޅިގެން ކުރެވުނު ނަންބަރު MNU-HR/2014/693 (24 ނޮވެންބަރު 2014) އިޢުލާން    ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

08 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

01 ޑިސެންބަރު 2014
ހޯދާ