މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ފެެސެލިޓޭޓަރުންގެ ޕޫލެއް އެކުލަވާލުމާއި ގުޅޭ

އިޢުލާން

މިމިނިސްޓްރީން ހިންގާ ޕްރޮގަރާމްތަކުގައި އެކި ދާއިރާތަކުން ނަގައިދޭ ސެޝަންތަކުގައި މަޢުލޫމާތާއި ތަމްރީނުތައް ދޭނޭ ފެސެލިޓޭޓަރުންގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވެއެވެ.

ވިމާ، މިޕޫލުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

ފެސެލިޓޭޓަރުން ބޭނުންވާ

 ދާއިރާތަކާއި، އުޖޫރައާއި، ޝަރުޠުތައް

ދާއިރާތައް:

1. ވިޔަފާރިއާއި އިޤްތިޞާދު

2. ހެލްތު އެންޑް ލައިފް ސްކިލް

3. ޑިޖިޓަލް ސްކިލް

4. ފައިނޭންޝަލް ލިޓްރެސީ

5. ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ

6. ސީ.ވީ ލިޔަން ދަސްކޮށްދިނުން

7. އިންޓަވިއުއަށް ތައްޔާރުކުރުކޮށްދިނުން

8. ކެރިއަރ ޕްލޭނިން

9. ލީޑަރޝިޕް ސްކިލްސް

10. ވޮލަންޓިއަރިޒަމް

11. މޯޓިވޭޝަން

12. ވާރކް އެތިކްސް

13. ކަސްޓަމަރ ސަރވިސް

14. ކެރިއަރގައިޑެންސް

މުއްދަތު:

މީލާދީ 2 އަހަރު

އުޖޫރަ އަދި ޝަރުޠު (60 މިނިޓްގެ ކޮންމެ ގަޑިއަކަށް)

-/500 ރުފިޔާ

ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވުން

-/450 ރުފިޔާ

ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު 1 އަހަރު ދުވަހުގެ ތަޢުލީމީ ނުވަތަ ހުނަރުވެރި މަސައްކަތުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން

-/350 ރުފިޔާ

ގުޅޭ ދާއިރާއަކުން ބެޗްލާރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު 2 އަހަރު ދުވަހުގެ ތަޢުލީމީ ނުވަތަ ހުނަރުވެރި މަސައްކަތުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން

 

-/250 ރުފިޔާ

ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއިއެކު 3 އަހަރު ދުވަހުގެ ތަޢުލީމީ ނުވަތަ ހުނަރުވެރި މަސައްކަތުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން

 

ސިޓީއާއި އެކު ހުށަހަޅަން ޖެހޭތަކެތި

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ ( ކިޔަވައިދޭން ބޭނުންވާ ދާއިރާތައް ސިޓީގައި ބަޔާންކުރަންވާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. މަސައްކަތު ތަޖުރިބާގެ ލިޔުންތައް

އިތުރު މަޢުލޫމާތު

-     ސެޝަންތައް އޮންނާނީ ކަނޑައެޅޭވަގުތުތަކުގައި މިނިސްޓްރީން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

-     އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ނަންބަރު 3347400 ފޯނާއި ގުޅުއްވުން އެދެމެވެ. ނުވަތަ އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ.

ސުންގަޑި

15 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގެކުރިން ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް   މެދުވެރިކޮށްވެސް ސިޓީ ފޮނުވޭނެއެވެ.

އީމެއިލް އެޑްރެސް

[email protected]

02 ޖަނަވަރީ 2023
ހޯދާ