ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑު ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތައް ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. މިއިދާރާއަށްދުރުވެ ނުވަތަ މިއިދާރާގެ [email protected] އަށް މެއިލް ކުރައްވައިގެންވެސް ބިޑް ރަޖިސްޓްރީ ކުރެވޭނެއެވެ. ބިޑުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ  08 ޖެނުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހިރިމަރަދޫ ކައުންސިލްގެ އިދާރާ ގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 12 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހިރިމަރަދޫ ކައުންސިލް އިދާރާ ގައެވެ. ޕްރީބިޑް މީޓިންގ އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެއްވެސް ފަރާތަކުން ބައިވެރިވެ ވަޑައި ގަންނަވާނަމަ/ ކުންފުނި/ އިންވެސްޓް މަންޓްގެ ރަސްމީ ލިޔުމަކާއި ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މިއިދާރާއަށް ހުށަހަޅަންވާނެއެވެ. ބިޑް  ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

02 ޖަނަވަރީ 2023
ހޯދާ