މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނިޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

1 އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނިޝަން

މަޤާމު ނަންބަރ:

SDR-188/22/2014/53

ކްލެސިފިކޭޝަން އަދި ރޭންކު:

(އޮފިސަރ ގުރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

(ޖީއެސް 3 ގެ ރޭންކު)

ބޭނުންވާ އަދަދު:

1  (އެކެއް)

އޮފިސަރ ގުރޭޑް 1 ގެ ޝަރުޠު:

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނުން 2 މާއަދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މުސާރަ:

އޮފިސަރ ގުރޭޑް 1 ގެ ޝަރުޠު ފުރިހަމަ ވާނަމަ -/4465ރ (މަހަކު)

ސާރވިސް އެލަވަންސް:

-/1500ރ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެއްމެ ޤާބިލު ފަރާތެއް ހޮވުން:

މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަން ދެވޭނީ އައި.ސީ.ޓީ ދާއިރާއަކުން ތަޢުލީމް ހާސިލު ކުރައްވާފައިވާ އައި.ސީ.ޓީ ދާއިރާގައި މަސައްކަތު ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތްތަކަށެވެ. އަދި ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ.

މަޤާމުގެ މަސްޢޫލިއްޔަތާއި، ކުރަންޖެހޭ މަސައްކަތް:

ސްކޫލްގައި ބޭނުންކުރާ ކޮމްޕިޔުޓަރތަކާއި، މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި، މަރާމާތުކުރަންޖެހޭ ހާލަތުގައި އަވަހަށް މަރާމާތުކޮށް އެތަކެތި އަބަދުވެސް ރަނގަޅު ކަންޑިޝަނެއްގައި ބެހެއްޓުމަށް މަސައްކަތްކުރުން. ސްކޫލާއި މުވައްޒަފުންގެ ލިޔެކިޔުންތަކުގެ ގޮތުގައި ބޭނުންކުރާ ސޮފްޓްވެއަރ، ސޮފްޓްކޮޕީ ފަދަ ތަކެތި ރައްކާތެރިކަމާއެކު ފަހަށް ރައްކާކުރެވިފައި ބެހެއްޓޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސްކޫލުގެ ކައުންޓަރުންނާއި ސިވިލްސާވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

- ތަޢުލީމީސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާއެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު.)

- ސިވިލްސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމަށް އެއްބަސްވުމެއްއޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތް ހަމަނުވާ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތި ލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް)

- ސިވިލްސާވިސްގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުން އެމުވައްޒަފުންގެ އަޚުލާޤު ހުރި ގޮތް ބަޔާންކުރާ ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒފުންގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" މި ބަޔަށް މާކްސް ދެވޭނީ ހަމައެކަނި މިފޯމު ހުށަހަޅުންވާ ބޭފުޅުންނަށެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

މަޑުއްވަރީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޑުއްވަރީ ސްކޫލް / މ.މަޑުއްވަރި

އިންޓަވިއުކުރުން:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 16 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގައި .

އިންޓަވިއު އޮންނަތަން: މަޑުއްވަރީ ސްކޫލުގެ ކޮމްޕިއުޓާރ ލެބް

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވިން.

ސުންގަޑި: މި ވަޒީފާއަށް ކުރިމަތި ލެއްވޭނެ އެންމެފަހު ތާރީޚަކީ ‏11‏ ޑިސެންބަރު 2013 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 އެވެ.

އިޢުލާނާ ގުޅިގެން އިތުރުމަޢުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 7952908 ނަންބަރު ފޯނާއެވެ.

25 ނޮވެންބަރު 2014
ހޯދާ