މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ އާ އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 11 ޖަނަވަރީ 2023 14:32 ގައި ބާތިލް ކުރެވިފައެވެ.


އިއުލާން

ހުޅުމާލެ އާ އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ފެންބިލްޑިންގެ ދެވަނަ ފަންގިފިލާއާއި ހަތަރުވަނަ ފަންގިފިލާގައި ހިންގަމުންދާ މި މިނިސްޓްރީގެ މަސައްކަތްތައް ހުޅުމާލޭގައި އަލަށް ބިނާކުރި އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ބަދަލުކުރުމަށާއި އެ ފަންގިލާގައި ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 ޖަނަވަރީ 04 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. އަދި ހުޅުމާލޭ އޮފީސް އިމާރާތުގައި ކުރަންހުރި މަސައްކަތައް ދެއްކުމާއި އިތުރު މައުލޫމާތު ދިނުން 2023 ޖަނަވަރީ 05 ގެ 10:00 ގައި އެ އިމާރާތުގެ 5 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 ޖަނަވަރީ 08 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ.

 

29 ޑިސެންބަރު 2022
ހޯދާ